Media Council ah kurimathilaan hulhuvaalaifi
image
އެންމެ ފަހުން ބޭއްވި މީޑިއާ ކައުންސިލް އިންތިހާބުގެ ތެރެއިން.--- ފޮޓޯ: ސީއެންއެމް
0 ކޮމެންޓް
 

މީޑިއާ ކައުންސިލަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
ހޯމް މިނިސްޓްރީން ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މީޑިއާ ކައުންސިލުގައި މީޑިއާތައް ތަމްސީލުކުރާ މެމްބަރުންގެ ތެރެއިން އެއް މެމްބަރެއްގެ ދައުރު މި ފެށޭ ހަފްތާގެ ތެރޭގައި ހަމަވާތީ، މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލާ ކަމަށެވެ. އަދި މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެ އިއުލާނުގައި ބުނެ އެވެ.

މީޑިއާ ކައުންސިލްގެ އާ ދައުރަށް މެމްބަރުން އިންތިހާބު ކުރީ މިދިޔަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހު އެވެ. ނަމަވެސް އޭރު 2017 ވަނަ އަހަރު އެ ކައުންސިލަށް އިންތިހާބުވި ރާއްޖެ ޓީވީގެ އަލީ ޔޫސުފްގެ ދައުރު ހަމަނުވާތީ އޭރު ހޮވީ މީޑިއާކައުންސިލްގައި މީޑިއާތަކުން ހިމެނޭ އަށް މެމްބަރުންގެ ތެރެއިން ހަތް މެމްބަރުންނެވެ.

ޑިސެންބަރުގައި ބޭއްވި އިންތިހާބުގައި މީޑިއާ ކައުންސިލުގައި އާންމުންގެ ފަރާތުން ތިބޭ ހަތް މެމްބަރުން ހޮވި އެވެ. އެހެންކަމުން މިފަހަރު އިންތިހާބު ބާއްވާނީ ހަމައެކަނި މީޑިއާތަކުން ތަމްސީލުކުރާ ގޮނޑި އަށް އެކަންޏެވެ. ނަމަވެސް އެ ގޮނޑި އަށް މެމްބަރަކު ހޮވުން އޮންނާނެ ވަކި ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.

ހިޔާލު