Fuvahmulah City Gai Anhen Fathuruveriaku Islam Vehje
image
ފަތުރުވެރިޔާއަށް ޝަހާދެއް ލައިދެނީ--
3 ކޮމެންޓް
 

ފުވައްމުލަކުސިޓީގައި ފަރަންސޭސިއަކު އިސްލާމް ވެއްޖެ

ފުވައްމުލަކުސިޓީއަށް ޗުއްޓީ ހޭދަކުރުމަށް އައި ޕްރާންސްގެ ފަތުރުވެރިއަކު އިސްލާމު ވެއްޖެ އެވެ.
ފުވައްމުލަކުގައި ހިންގަމުން އަންނަ މަޝްހޫރު ނޫސް، ފުވައްމުލަކު ޓައިމްސްގައި ބުނެފައިވާ ގޮތުގައި އެ ފަތުރުވެރިޔާއަކީ ޑައިވިންގ ކުރުމަށް އެ ސިޓީއަށް ޒިޔާރާތްކޮށްފައިވާ ފަތުރުވެރިއެކެވެ. އަދި އޭނާ ވަނީ މީގެ ކުރިން ވެސް އެސިޓީއަށް ޑައިވިން ކުރުމަށް ޒިޔާރާތްކޮށްފައެވެ.

އިސްލާމްދީން ޤަބޫލުކޮށް އެ ފަތުރުވެރިޔާ ޝަހާދެއް ކިޔާފައި ވަނީ ފުވައްމުލައް ސިޓީގެ ދީނީ ޖަމިއްޔާއެއް ކަމަށްވާ ގާޑިއަން އެސޯސިއޭޝަނުގެ އިސް މެމްބަރުންގެ ހާޒިރުގައެވެ. އަދި އޭނާއަށް ޝަހާދެއް ލައިދީފައި ވަނީ ޝެއިހް މުހައްމަދު ޝިނާނެވެ.

ގާޑިއަން އެސޯސިއޭޝަނުން ވަނީ އެމީހާއަށް ޝެއިހް ޝިނާނު ޝަހާދެއް ލައިދޭ ވީޑިއޯ އެމީހުންގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ހިއްސާކޮށްފައެވެ. އެގޮތުން މިމަހުގެ އެއް ވަނަ ދުވަހު އެވީޑިއޯ ހިއްސާކުރިއިރު ގިނަ ބަޔަކު ވަނީ އެ ވީޑިއޯ ޝެއާ ކޮށްފައެވެ.

އެ އެސޯސިއޭޝަނުގެ މެމްބަރުންނާއި ޝައިހް ޝިނާން ވަނީ އިސްލާމްވި ފަތުރުވެރިޔާއަށް އިސްލާމްދީނާއި ބެހޭ މަޢުލޫމާތު ހިއްސާކޮށް އޭނާއަށް މަރުޙަބާ ކިޔާފައެވެ. އަދި ފަތުރުވެރިޔާ ވެސް ވަނީ އޭނާ އިސްލާމް ދީނަށް ޝައުގުވެރިކަން އުފެދުނު ގޮތް އެމީހުންނަށް ހިއްސާކޮށްފައެވެ.

އެ ނޫހުގައި ބުނާ ގޮތުގައި އިސްލާމުވި ފަތުރުވެރިޔާ އުޅެނީ ފުވައްމުލަކަށް ނިސްބަތްވާ މީހަކާއި ލޯބީގެ ގޮތުން ގުޅިގެން ކަމަށާއި އަދި އެދެމީހުން ވަރަށް އަވަހަށް ކައިވެނި ކުރަން ނިންމާފައިވާކަމަށްވެސް އެނޫހުން ޚަބަރުދެއެވެ.
ހިޔާލު

މޫނިސް

ބަޔަކަށް ވަރަށް އަސަރުކުރާނެ މި ހަބަރު ކިޔާފަ. އެކަމަކު އަސަރު ކުރިޔަސް މީ ހަގީގަތެއް

އެމް ޕީ

ލޯކަލް ގެސްޓު ހައުސްގެ ފައިދާ

ހިނގާހޮއްކޮ

ތީދެން ބޮޑު ސުރުޚީ ޖަހައިގެން ލިޔޭވަރުގެ ޚަބަރެއްނޫން. ރާއްޖޭގެ މީސްމީހުންނާ ހިތާވެގެން ކިތަންމެ ފަތުރުވެރިޔަކު އިސްލާމްވެއްޖެ. ކުރީގެ ނޫސްވެރިޔާ ލީޒާ ގެ ބައްޕައަކީވެސް އެގޮތަށް އިސްލާމްވި ފްރާންސްގެ ފަތުރުވެރިއެއް.