South African ge Mashhuru Band 'GoodLuck' Rajjey gai
image
ގުޑްލަކް ބޭންޑުގެ މެންބަރުން---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ސައުތު އެފްރިކާގެ މަޝްހޫރު ބޭންޑު 'ގުޑްލަކް' ރާއްޖޭގައި

ސައުތު އެފްރިކާގެ މަޝްހޫރު ބޭންޑު 'ގުޑްލަކް' ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. leaward
ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް އެބޭންޓުގެ ހުރިހާ މެންބަރުން ރާއްޖެ އައިސްފައިވާއިރު އެމީހުން ޗުއްޓީ ހޭދަކުރަމުން ދަނީ ދާދި ފަހުން ހުޅުވި 'ލަކްސް ނޯތު މާލެ އެޓޯލް' ރިސޯޓުގައެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ގޮތުގެ ފޮޓޯތައް އެބޭންޓުގެ އޮފިޝަލް އިންސްޓަރގްރާމް މެދުވެރިކޮށް ސަޕޯޓަރުންނަށް ހިއްސާކުރަމުން އަންނައިރު އެފޮޓޯތަކުން ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ފެނިގެން ދެއެވެ.





ތިން މެންބަރުންގެ އެބޭންޑުގައި އުޅެނީ ބެން ޕެޓާސް (ޕްރޮޑިއުސަރ އަދި ޑްރަމާ)، ޖޫލިއެޓް ހާރޓިން (ލިރިސިސްޓް އަދި ވޯކަލިސްޓް) އަދި މެތިޔު އޯކަނެލް (ސެކްޒޯފޯނިސްޓް އަދި ޕިއާނޯ ޕްލޭޔާ) އެވެ.

މިހާތަނަށް ތިން އަލްބަމް އެމީހުން ނެރެފައިވާއިރު ގިނަ ރީތި ލަވަ ތަކެއް އެ ތިން މީހުން ވަނީ ހަދާފައެވެ.
ހިޔާލު