Cafe thakun Hulhumale Beach Sarahahdhu Huheh Nukluri, HDC Himeynun!
image
7 ކޮމެންޓް
 

ކެފޭތަކުން ހުޅުމާލެ ބީޗް ސަރަހައްދު ހުހެއް ނުކުރި، އެޗްޑީސީ ހިމޭނުން!

ހުޅުމާލޭ ބީޗް ސަރަހައްދުގައި ކެފޭތަކެއް ހުޅުވައި، އެއްވެސް އަގަކާއި ނުލައި ބަޔަކު ދަނީ އެތަން ބޭނުން ކުރަމުންނެވެ. އާންމުން މޫދަށް އެރިލުމަށާއި، އެންމެން އެކުވެ ހިތްހަމަ ޖައްސާލަން އޮތް ސަރަހައްދު އެއްވެސް އަގެއް ދިނުމެއްނެތި ނާޖާއިޒު ފައިދާ އެތައް ދުވަހަކަށް ބަޔަކު ދަނީ ބޭނުން ކުރަމުންނެވެ.
މިކަމަށް ހުޅުމާލޭގެ ބެލެނިވެރިފަރާތްކަމަށްވާ އެޗްޑިސީން މިހާތަނަށް އަޅާލާފައެއް ނުވެއެވެ. އެހެން ނަމަވެސް އާ ސަރުކާރާއެކު އެކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިސްނެންގެވުމަކަށް އެޗްޑީސީން ވަނީ އެ ސަރަހައްދުގައި ހުރި ކެފޭތަން ނަގަން އަންގާ މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް މުހުލަތެއް ދީފައެވެ.

ޖެނުއަރީ މަހުގެ 31 ވަނަ ދުވަސް ހަމަވެގެން ދިޔައިރު އެއްވެސް ކެފޭއަކުން އެތަނުގެ ޖާގަ ހުސްކޮށްފައެއް ނުވެއެވެ. މިކަމާއި ގުޅިގެން އެޗްޑީސީގެ ރަސްމީ ބަހެއް މިއަދު ލިބޭގޮތް ވަނީ ނުވެފައެވެ. އެންމެ ފަހުން މިދިޔަ މަސް ނިމެމުން ދިޔައިރު އެޗްޑީސީން ބުނެފައި ވަނީ އިއުލާނާއި އެއްގޮތަށް ތަން ހުސްނުކުރާނަމަ، އެޗްޑީސީން އެތަން ހުސްކުރާނެ ކަމަށެވެ. އަދި އެގޮތަށް ހުސްކުރާއިރު ލިބޭނެ ގެއްލުމަށް ޒިންމާ ނުވާނެ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ކެފޭތަކަށް ދީފައިވާ މުހުލަތު ހަމަވެ، މިއަދަށް ތިން ދުވަސް ވެގެންދާއިރު ދެން އެޗްޑީސީން އަމަލު ކުރާނެ ގޮތަކާއި މެދު ރައްޔިތުން ތިބީ ބަލަންށެވެ. އެޗްޑީސީން އޭރު ބުނީ އަމިއްލައަށް އެތަން ހުސްކުރާނެ ކަމަށެވެ. އެހެން ނަމަވެސް އަދި އެކަހަލަ ނިޝާނެއް ނުފެނެއެވެ.

އެޗްޑީސީން ކުރިން ބުނެފައި ވަނީ ހުޅުމާލޭ ބީޗު ފަރާތުގައި ހަދާފައިވާ އެއްވެސް ކެފޭއަކީ ހުއްދައެއް ހޯދައިގެން ހަދާފައިވާ ތަނެއް ނޫންކަމަށެވެ. ހުޅުމާލޭ ބީޗުގައި ހުރި ގަސްތައް ކޮށާ ހަޓު، ގޮނޑި އަދި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުން ކުރުމަކީ ހުއްދަ ކުރާކަމެއް ނޫންކަމަށް އެޗްޑީސީން ބުނިއެވެ.

އެޗްޑިސީން އެ ސަރަހައްދުގެ ހޭޅިފަށުގައި ޖަހާފައި ހުރި ގިނަ ގަސްތަކެއް ކެފޭ ތަކުން ވަނީ ކޮށާލާފައެވެ. ހުޅުމާލެ އިރުމަތީ ފަރާތު ގޮނޑުދޮށާއި ހޭޅިފަށް ސަރަޙައްދަކީ ހުޅުމާލޭގައި ދިރިއުޅޭ އެންމެހާ އާންމު ފަރުދުންނާއި ހުޅުމާލޭ ޒިޔާރާތްކުރާ ފަރާތްތަކުން ބޭނުންކުރުމަށް ކަނޑައަޅާފައިވާ އާންމު ސަރަޙައްދެއް ކަމަށް އެޗްޑީސީން ބުނެއެވެ. އަދި އެސަރަހައްދަކީ އެޗްޑީސީން ހުޅުމާލޭގައި ދިރިއުޅޭ އެންމެހާ އާންމު ފަރުދުންނާއި ހުޅުމާލެއަށް ޒިޔާރާތްކުރާ ފަރާތްތަކުން ބޭނުންކުރުމަށް ވަކިގޮތަކަށް ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދެއް ކަމަށްވެސް އެޗްޑީސީން ބުނިއެވެ.

އެޗްޑީސީން އެހެން ބުނެފައި ވީ ނަމަވެސް އެތަން ތަރައްގީ ކުރާނެ ގޮތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އެޗްޑީސީ
ހިޔާލު

ޙުސެން

މަވެސް މާދަން ގޮޑިމޭޒު ހިފަިން ދާނަން އެތާބަހައްޓަން މަށައްވެސް ހައްގުވާނެ ސަރަހައްދެއް

ސައީދުތުރީ

ކިހިނެއްތޯ ކިތަންވާނީ މިހާރު އެބަހުރި ކެންޑިޑޭޓެއްގެ ފޮޓޯ ކެފޭތަކުގައި ހިއްޕާފައި ދެން ކިހިނެއްތޯ ތިޔަހާފަސޭހައިންނަގާނީ ނުހޮވިއްޖެއްޔާ ނަގާނެ ހޮވިއްޖެއްޔާ އެނިމުނީ މޫދުގަވެސް މޭޒު ބަހައްޓާނެ މީމިގައުމު ހިގަމުންދާ ސްޓައިލް މީއެންމެންދަންނަ ސިއްރެއް ކީއްތޯކުރާނީ އެމީހަކްށް ދަށްކަވަން ހުރިކަމެއް ދަށްކަވާފައި މަރުގަންނަވާނީ

ކަންއޮތްގޮތް

އެޗުޑީސީއަށްކުރެވޭނެ އެއްކަމެއްނޯންނާނެ!
ސަރުކާރާއި މުވައްސަސާތަކަށް ކަންއޮތްގޮތް ނޭނގެނީކީނޫން!

ޙޖހގ

ޥަކިބަޔަކައް މަންފާ ކުރާގޮތައް ނުބޭއްވޭނެ

އައްލާބެއްޔާ

ބީޗް ހުސްކޮއްފިނަމަ އެމީހުންގެ ވިޔަފާރިން ޚަރަދު ބަޗާވަރުވެސް ނުވާނެ! މިކަމުގެ ސަބަބުން އެތައް ބަޔެއްގެ ވަޒީފާ ގެއްލިގެން ދާނެ! ރަގަޅުގޮތަކީ ސަރަހައްދައް އަގެއް ކަނޑައެޅުން! ބީޗްގައި ހަޓު ހުރުމުން އެއްވެސް ބަޔަކަށް މިވީހާތައްދުވަހު އެއްވެސް އުދަގުލެއްނުވޭ! ވީ ފަސޭހަ!

އީޖާދު

ޓެކްސީ ޑުރައިވަރުން ނަންވާނީ

ހމ

ދޮގެއް އަހަރުން ގޭ ކުރިމަތި ބީޗް ސައިޑް އެއްކޮށް ހުސްކޮށްފި