Majlis inthihaab aai gulhey gothun MDP aai dhaalath in mashvara koffi
image
މަޖިލިސް އިންތިހާބާއި ގުޅޭގޮތުން އެމްޑީޕީއާއި އަދާލަތުން މަޝްވަރާ ކޮށްފި
0 ކޮމެންޓް
 

މަޖިލިސް އިންތިހާބާއި ގުޅޭގޮތުން އެމްޑީޕީއާއި އަދާލަތުން މަޝްވަރާ ކޮށްފި

މިއަހަރު ބޭއްވުމަށް ނިންމާފައިވާ މަޖިލިސް އިންތިހާބާއި ގުޅޭގޮތުން އެމްޑީޕީއާއި ޢަދާލަތު ޕާޓީގެ އިސްބޭފުޅުން މިރޭ މަޝްވަރާ ކުރައްވައިފިއެވެ.
ދެ މާޓީގެ މަޝްވަރަތައް އޮތީ މިރޭ އެމްޑީޕީގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. ނަމަވެސް ދެ ޕާޓީގެ މަޝްވަރާތަކާއި ގުޅޭ ތަފްސީލެއް އެއްވެސް ޕާޓީއަކުން އަދި ހާމައެއް ނުކުރެއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީން މަޖިލީހުގެ 86 ދާއިރާއަކަށް ވާދަކުރުމަށް ނިންމާފައިވާއިރު ޢަދާލަތު ޕާޓީން ނިންމާފައިވަނީ 13 ދާއިރާއަކަށް ވާދަ ކުރުމަށެވެ.

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ ހައެއްވާ ހޮނިހިރު ދުވަހު އެވެ.
ހިޔާލު