Superior Court thakuge Baeh Fandiyaarunah Badhalu Gennanee
image
2 ކޮމެންޓް
 

ދަށު ކޯޓުގެ ބައެއް ފަނޑިޔާރުން އެހެން ކޯޓްތަކަށް ބަދަލު ކުރަނީ

ދަށު ކޯޓްތަކުގައި މަސައްކަތް ކުރާ ބައެއް ފަނޑިޔާރުން މަސައްކަތް ކުރައްވާ ކޯޓުތައް ބަދަލު ކުރުމަށް ޖޭއޭސްސީއަށް ހުށަހަޅައިފި އެވެ.
ސީއެންއެމަށް އެގިފައިވާ ގޮތުގައި ފަނޑިޔާރުން މަސައްކަތް ކުރައްވާ ކޯޓް ބަދަލު ކުރެއްވުމަށް ޖޭއެސްސީއަށް ހުށަހަޅުއްވާފައި ވަނީ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީއެވެ. ޖޭއެސްސީގެ ތަރުޖަމާނު ވިދާޅުވީ ބައެއް ފަނޑިޔާރުން މަސައްކަތް ކުރައްވާ ކޯޓު ބަދަލު ކުރުމަށް މިއަދު ޖޭއެސްސީގެ ބައްދަލުވުމަށް އެޖެންޑާ ކުރެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ފަނޑިޔާރުންނާ ބެހޭ އިތުރު ތަފްސީލެއް ޖޭއެސްސީއިން ހާމަކޮށްފައެއް ނުވެއެވެ.

ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަތަރު ފަނޑިޔާރަކު މަސައްކަތް ކުރައްވާ ކޯޓު ބަދަލު ކުރުމަށް މިއަދު ޖޭއެސްސީގެ ބައްދަލުވުމަށް ވަނީ ހުށަހެޅިފައެވެ. އެއީ ސިވިލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު ކްރިމިނަލް ކޯޓަށް ބަދަލުކުރުމަށާއި، ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ ނަޝީދު ސިވިލް ކޯޓަށް ބަދަލުކުރުމަށާއި، ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އަރީފު ޑްރަގް ކޯޓަށް ބަދަލުކުރުމަށާއި އަދި ޑްރަގް ކޯޓުގައި ހުންނެވި އަލީ ރަޝީދު ކްރިމިނަލް ކޯޓަށް ބަދަލުކުރުމަށެވެ.

ޖޭއެސްސީއިން ބައެއް ފަނޑިޔާރުން މަސައްކަތް ކުރައްވާ ކޯޓުތަކަށް ބަދަލު ގެންނަން އެޖެންޑާ ކުރެވިފައިވާއިރު، ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް ވަނީ މިދިޔަ މަހުގެ ފަހުކޮޅު އިސްތިއުފާ ދެއްވާފައެވެ. ގާޒީ ހަލީމް އިސްތިއުފާދެއްވީ ކޯޓުތައް އިސްލާހް ކުރެއްވުމަށް ފުރުސަތު ދެއްވުމަށް ކަމަށް ވިދާޅުވެއެވެ.
ހިޔާލު

ވިޝާމް އެންޑް ކޯ

ފާއިޒް ރަޝާދަކީ 15000 ރުފިޔާއަށް ވަޒީފާބެހޭ ޓްރައިބިއުނަލްގެ އޮތް މައްސަލައެއް ނިންމި މީހެއް!

ގުއިއްޒު

ތިކަންވެސް ރޭވުމަކަށް