Taimur Ah Kareena Enme Kamudhanee Makeup Aai Nulaai
image
ކަރީނާ އާއި ތައިމޫރު--
0 ކޮމެންޓް
 

ތައިމޫރަށް ކަރީނާ އެންމެ ކަމުދަނީ މޭކަޕާއި ނުލާ

ބޮލީވުޑުގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު، މޭކަޕުކޮށްފައި ހުންނައިރު އޭނާގެ ދަރިފުޅު ތައިމޫރު އަލީ ހާނަށް އެހާ ކަމުނުދާކަމަށް ތައިމޫރުގެ ބައްޕަ ސައިފް އަލީ ހާން ހާމަކޮށްފި އެވެ.
ސައިފުގެ ކުރިއަށް އޮތް ވެބް ޝޯ، ސީކްރެޑް ގޭމްސްގެ ޝޫޓިންއަށް އޭނާ ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ސާތާޖު ސިންގުގެ ރޯލުން ސައިފު ފެނިގެންދާ އެ ޝޯގައި އޭނާ ފެނިގެންދަނީ ބޮލުގައި ފަގުނޑިއެއް އަޅާފައި ހުއްޓާއެވެ. އަދި އެއް އަތުގައި ބޮޑު ބެންޑޭޖުގަނޑެއް އަޅައިގެން ހުރިއިރު އެޝޯގެ ޝޫޓިންތައް ކުރިއަށް ދިޔަ ތަނަށް ތައިމޫރު ވަނީ ގޮސްފައެވެ. އެކަމަކު ސައިފު މުޅިން އެހެން ގޮތަކަށް ހުރި ނަމަވެސް ތައިމޫރު ހައިރާން ނުވާ ކަމަށާއި އޭނާއަށް އެއްވެސް އަސަރެއް ނުކުރާކަމަށް ސައިފު ބުނެއެވެ.

ސައިފު އިތުރަށް ބުނީ، ތައިމޫރަށް އޭނާގެ މަންމަ، ކަރީނާ މޭކަޕުކުރުމުން އެހާބޮޑަށް ކަމުނުދާ ކަމަށެވެ. ތައިމޫރާއެކު އާންމުގޮތެއްގައި ކަރީނާ ބޭރަށް ނުކުމެ އުޅެނީ މާބޮޑު މޭކަޕަކާއި ނުލައެވެ. ބެލެވޭ ގޮތުގައި އެއީ އެ ސަބަބާހުރެ އެވެ. މޭކަޕާއި ނުލާއި ވެސް ގިނަ ބަޔަކަށް އުމުރުން 38 އަހަރުގެ ކަރީނާ ވަރަށް ކަމުދެޔެވެ.

ތައިމޫރަކީ ކަރީނާ އާއި ސައިފުގެ ހަ އަހަރުވީ ކައިވެންޏަށް ލިބިފައިވާ ހަމައެކަނި ދަރިފުޅެވެ. އޭނާއަށް އަދި އެންމެ ދެ އަހަރެވެ.

ކަރީނާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރުގެ ކުރީކޮޅު ނެރުނު ފިލްމު، ވީރޭ ދި ވެޑިން އިންނެވެ. އަދި އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އަކްޝޭ ކުމާރާއެކު އަންނަ ސެޕްޓެމްބަރު މަހު ނެރޭ ފިލްމު، "ގުޑް ނިއުސް" އިންނެވެ.
ހިޔާލު