Higher Education ah dhe deputy ministeraku ayyan kohfi
image
ހަޔާ އެޑިއުކޭޝަންގެ ނައިބު މިނިސްޓަރަކަށް މިއަދު އައްޔަން ކުރި ޝަފިނާ.-- ސީއެންއެމް ފައިލް ފޮޓޯ
1 ކޮމެންޓް
 

ހަޔާ އެޑިއުކޭޝަނަށް ދެ ޑެޕިއުޓީ މިނިސްޓަރަކު އައްޔަން ކޮށްފި

މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ މިނިސްޓަރުގެ ނައިބުގެ މަގަމަށް ދެ ބޭފުޅުން މިއަދު އައްޔަން ކޮށްފި އެވެ.
އެގޮތުން މިއަދު ނައިބު މިނިސްޓަރަކަށް އައްޔަން ކުރެއްވީ ނ. ފޮއްދޫ އާޝީޔާމަންޒިލް، އިސްމާއީލް ޒަބީހާއި ގ. މަންބައުގެ އައިޝަތު ޝަފިނާ އެވެ.

އޭގެ ތެރެއިން ޒަބީހަކީ ޔުނިވާސިޓީ އޮފް ވެސްޓް އޮފް އިންގްލެންޑުން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. އަދި އޭނާ އަކީ މަންދު ކޮލެޖްގައި ލެކްޗަރާއެއްގެ މަގަމާއި އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި މެނޭޖިން ޑިރެކްޓަރުކަމާއި، ވިލެޖް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގައި މާކެޓިން މެނޭޖަރުކަން އަދާކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ޒަބީހް ވަނީ ރައީސް އޮފީހުގެ ސީނިއާ ރިސާޗް އޮފިސަރެއްގެ މަގާމު ވެސް އަދާކުރައްވާފަ އެވެ

ޝަފިނާ ވަނީ ސްރީލަންކާގެ ޔުނިވާސިޓީ އޮފް ކޮލަމްބޯ އިން މާސްޓާ އޮފް ޑިވެލޮޕްމަންޓް ސްޓަޑީޒް ހާސިލުކުރައްވާފަ އެވެ. އަދި މިހާރު ދަނީ ސްރީލަންކާގެ ޔުނިވާސިޓީ އޮފް ޕެރަޑެނިޔާ އިން ޕީ.އެޗް.ޑީ އިން ސޯޝިއޮލޮޖީ އަށް ކިޔަވަމުންނެވެ. އޭނާ ވަނީ އެޑިއުކޭޝަން ފަސްޓް މޯލްޑިވްސްގައި ކޮންސަލްޓަންޓް އަދި ރީޖަނަލް މެނޭޖާ ކަމާއި، މަންދުކޮލެޖްގައި ބިއުރޯ ޗީފްގެ އިތުރުން ސާކް އަދި ރައީސް އޮފީހުގެ ޕްރޮޖެކްޓް މެނޭޖަރުކަން ވެސް އަދާކުރެއްވި އެވެ.

އެ ބޭފުޅުންގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނަވަނީ އަހުމަދު ނާސިރެވެ. ތިން ނައިބު މިނިސްޓަރުންގެ އިތުރުން އެ މިނިސްޓްރީގައި ތިން ސްޓޭޓް މިނިސްޓަރަކު ތިއްބަވައެވެ. އެ ބޭފުޅުންނަކީ މުހައްމަސު ހާޝިމް، ހަދީޖާ އާދަމް އަދި ޑރ. އަބްދުލްހަންނާން ވަހީދެވެ.
ހިޔާލު

މަންދު

މަންދުކޮލެޖުގެ ހުރިހާ މުވައްޒަފުންނަށް ސަރުކާރުގެ މަތީ މަޤާމްތައް ލިބޭނެކަމަށް އުއްމީދުކުރަން