Villa ge rahthakuge mahsalaige hukum thanfeezu kuran fashaifi
image
ވިލާގެ ރޯޔަލް އައިލެންޑް ރިސޯޓް
0 ކޮމެންޓް
 

ވިލާގެ ރަށްތަކުގެ މައްސަލައިގެ ހުކުމް ތަންފީޒުކުރަން ފަށައިފި

ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ މައްސްލަހަތު އޮންނަ ވިލާ ކުންފުންޏަށް ސަރުކަރުން ދޫކޮށްފައިވާ ރަށްތަކެއްގެ އެއްބަސްވުން 2015 ވަނަ އަހަރު ބާތިލްކުރި މައްސަލާގައި ސްޕްރީމް ކޯޓުން ވިލާއާއި އެއްކޮޅަށް ކޮށްފައިވާ ހުކުމް ތަންފީޒް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ސެޓްލްމެންޑް އެގްރިމެންޓް އޭރުގެ ސަރުކާރުން ބާތިލްކޮށް އެރަށްތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 188 މިލިއަން ޑޮލަރު ނުވަތަ 2.9 ބިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ސަރުކާރުން އޭރު ވިލާއަށް އެންގިއެވެ. އަދި އެ ފައިސާ ހޯދުމަށް މީރާއިން ކޯޓަށް މައްސަލަވެސް ވެއްދިއެވެ.

މިމައްސަލާގައި ފުރަތަމަ ސިވިލް ކޯޓުން ވިލާއާއި އެއްކޮޅަށް ހުކުމް ކޮށްފައިވަނިކޮށް ހައިކޯޓުންވަނީ އެހުކުމް ބާތިލްކޮށްފައެވެ. ނަމަވެސް މައްސަލަ ވިލާއިން ސްޕްރީމް ކޯޓަށް ހުށަހެޅުމުން އެކޯޓުން ހުކުމްކޮށްފައިވަނީ ވިލާއާއި އެއްކޮޅަށެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވިލާގެ ރަށްތަކުގެ ސެޓްލްމެންޑް އެގްރިމެންޓް ބާތިލްކުރި މައްސަލާގައި ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރުމުގެ މަސައްކަތް ސަރުކާރުގެ އިދާރާތަކާ ގުޅިގެން ކުރަމުން ގެންދާ ކަމުގައެވެ.

ނަމަވެސް ކަންކަން ނިންމާނީ ރައީސް އޮފީހާއި ބަންޑާރަ ނައިބުގެ އޮފީހުގެ އިތުރުން ފިނޭންސް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީގެ ލަފާގެ މަތިންކަމަށްވެސް ޓްއަރިޒަމް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
ހިޔާލު