EC ge raees shareef ah vagah govi mahsalagai channel 13 ah inzaaru
image
ޗެނަލް 13 އަށް އިންޒާރު
0 ކޮމެންޓް
 

އީސީގެ ރައީސް ޝަރީފަށް ވަގަށް ގޮވި މައްސަލާގައި ޗެނަލް 13 އަށް އިންޒާރު

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށްފަހު ޕީޕީއެމުމް ވޯޓް އޮޅުވާލިކަމަށް ބުނެ ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފްއަށް ވަގަށް ގޮވި ކޮންޓެންޓް ތަކުރާރުކޮށް "ޗެނަލް 13"އިން ފޮނުވާފައިވާތީ އެކަމަށް މައާފަށް އެދުމަށް އަންގާ، އަދި އެ ސްޓޭޝަނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމީޝަނުން ދީފިއެވެ.
"އޮޅުވާލި ވޯޓު" ނަމުގައި ޗެނަލް 13 އިން ގެނެސްދިން ޕްރޮގްރާމްތަކުގައި އިލެކްޝަންސް ކޮމިޝަނަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ދައްކާފައިވާ ޕްރޮގްރާމްތައް ޗެނަލް ރޭރައިން ވަނީ ފޮނުވާފައެވެ. އަދި އެމައްސަލާގައި އީސީގެ ރައީސް އަހުމަދު ޝަރީފްވަނީ ޗެނަލް 13 އާއި ދެކޮޅަށް ހަތަރު މައްސަލައެއް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅާފައެވެ.

ޗެނަލް 13 އިން ފޮނުވި ކޮންޓެންޓްގައި ވޯޓު ވަގަށް ނެގިކަމަށާއި "ބޮޑު ވަގު ޝަރީފު" މިއިބާރާތް އަދި ޝަރީފްގެ ނަޒާހަތްތެރި ކަމާމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭ، ސައްހަ ނޫން އަދި ސާބިތުނުހިފޭ ދޮގު މައުލޫމާތު ފަތުރާ ޝަރީފުގެ ގަދަރާއި އިއްޒަތަށް އުނިކަން ލިބޭގޮތަށް ދައްކާފައިވާ ވާހަކަތައް އެ ސްޓޭޝަނުން ވަގުތުން ޓެލެކާސްޓް ކޮށްފައިވާކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުންވަނީ ބުނެފައެވެ.

ޝަރީފް ހުށަހެޅި އެއް މައްސަލައާއި ގުޅިގެން މަޢާދަށް އެދި މިމަހުގެ 14 ގެ ކުރިން ބަޔާނެއް އާއްމު ކުރުމަށް ޗެނަލް 13 އަށް އެންގުމަށް ބްރޯޑްކޮއިން ނިންމާފައިވާއިރު އެހެން މައްސަލައެއްގައި ޗެނަލް 13 އަށް އިންޒާރު ދިނުމަށްވެސްވަނީ ނިންމާފައެވެ.

ޑީލޭއަކަށް ފަހު ނޫނީ ލައިވް ޕްރޮގްރާމްތައް ނުފޮނުވުމަށް ޗެނަލް 13 އަށް އެންގުމަށާއި މިއީ ޗެނަލް 13 ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާއި ހިލާފުވި ތިންވަނަ ފަހަރުކަމުން ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފުނުވުމަށް، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން، ޗެނެލް 13 ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އިންޒާރުދޭ ކަމަށްވެސް ޝަރީފް ހުށަހެޅު ތިން ވަނަ މައްސަލަ ބެލުމަށްފަހު ބްރޯޑްކޮމްއިން ބުނެފައި ވެއެވެ.

މީގެ އިތުރުން ޝަރީފް ހުށަހެޅުއްވި ހަތަރުވަނަ މައްސަލަ ބެލުމަށްފަހު ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާއި ހިލާފްނުވުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ އިތުރަށް ހިލާފުވެއްޖެ ނަމަ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް ބްކޯޑްކޮމްއިންވަނީ އިންޒާރު ދީފައެވެ.
ހިޔާލު