Kareena ge Aviainu Karisma beynun vejje
image
ކަރީނާ އާއި ކަރިޝްމާ---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ކަރީނާގެ އަވިއައިނު ކަރިސްމާ ބޭނުންވެއްޖެ

ބޮލީވުޑުގެ ކާމިޔާބު ބަތަލާ ކަރީނާ ކަޕޫރް ހާން އަޅާ އައިނެއް ބޭނުންވެގެން އޭނާގެ ދައްތަ އަދި ބަތަލާ ކަރިސްމާ ކަޕޫރު ބުނެފިއެވެ.
ދާދި ފަހުން އިންޑިއާގެ މަޝްހޫރު ސްޓައިލިސްޓް މޯހިތު ރާއީ، އޭނާގެ އިންސްޓަގުރާމު މެދުވެރިކޮށް ވަނީ ކަރީނާގެ ފޮޓޯތަކެއް ހިއްސާކޮށްފައެވެ. އެފޮޓޯތަކަކީ 'ލެކްމޭ ފެޝަން ވީކް'އަށް ކަރީނާ ރޭމްޕުގައި ހިނގުމުގެ ކުރިން ނަގާފައިވާ ފޮޓޯއެކެވެ.

އެފޮޓޯއިން ކަޅު ހެދުމެއްގައި ކަރީނާ ފެނިގެންދާއިރު ކަޅުކުލައިގެ އަވި އައިނެއް ވެސް އޭނާ ވަނީ އަޅާފައެވެ. އެފޮޓޯ ފެނިފައި ކަރިސްމާ ވަނީ އެފޮޓޯއަށް ކޮމެންޓުކޮށް އެއަވިއަނު ބޭނުންވާކަމަށް ބުނެފައެވެ.

ނަމަވެސް، ކަރިސްމާ އެއަވިއައިނު ދޭން ބޭނުން ވަނީ ކަރީނާ އަދި އެކްޓަރ ސައިފް އަލީ ހާންގެ ދަރިފުޅު ތައިމޫރު އަލީ ހާނަށެވެ. އެކޮމެންޓަށް ކަރީނާގެ ޖަވާބެއް އަދި އައިސްފައި ނުވާއިރު ގިނަ ބަޔަކު ވަނީ ކަރިސްމާގެ ކޮމެންޓައް ތާއީދުކޮށްފައެވެ.


ކެމެރާއާ ރައްޓެހި، ތައިމުރަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ދެއަހަރުގެ ކުއްޖެކެވެ. ގިނަ ބޮލީވުޑު ފަންނާނުން ތައިމޫރުގެ މައުސޫމު ކަމާއި ލޯބިކަމަށް ހިތް ދީފައިވާއިރު ގިނަ ބަޔަކު ތިބީ ތައިމޫރު ފިލްމު އިންޑަސްޓްރީއަށް އަންނާނެ ދުވަހަކަށެވެ.

ކަރީނާ އެންމެ ފަހުން ފެނިގެންދިޔައީ 'ވީރޭ ދި ވެޑިން' އިންނެވެ. އެފިލްމަށް ބޮޑު ކާމިޔާބެއް ލިބިފައިވާއިރު އޭނާ ދެން ފެނިގެންދާނީ އަކްޝޭ ކުމާރާ އެކު 'ގުޑް ނިއުސް' އާއި ކަރަން ޖޯހަރު ހަދަން ނިންމާފައިވާ 'ތަހުތު' އިންނެވެ.

'ގުޑް ނިއުސް' މިއަހަރު ސެޕްޓެމްބަރު މަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާއިރު 'ތަހުތު' ރިލީޒްކުރަން ނިންމާފައިވަނީ އަންނަ އަހަރުއެވެ.

ކަރިސްމާ އެންމެ ފަހުން ފެނިގެންދިޔައީ 2012ވަނަ އަހަރު ނެރުނު ފިލްމު 'ޑޭންޖަރަސް އިޝްގް' އިންނެވެ. އެނާ މިހާރު ވަނީ ފިލްމު އިންޑަސްޓްރީއާ ދުރަށް ގޮސްފައި ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.
ހިޔާލު