ބޮލީވުޑުގެ މައްޝޫރު ބަތަލާ އަނުޝްކާ ޝަރުމާ އާ ވައްތަރު ފަންނާނެއް ފެނިއްޖެއެވެ.
ދާދި ފަހުން ގިނަ ބައެއްގެ ލޯތައް ހުއްޓިފައިވަނީ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖޫލިއާ މައިކަލް ހިއްސާކޮށްފައިވާ ފޮޓޯއަކަށެވެ. ސޯޝަލް-މީޑިއާގައި އިންސްޓަގްރާމް މެދުވެރިކޮށް ޖޫލިއާ ހިއްސާކޮށްފައިވާ އެފޮޓޯއިން އޭނާ ވައްތަރީ އަނުޝްކާ އާ ކަމަށް އަނުޝްކާގެ ސަޕޯޓަރުން ވަނީ ބުނެފައެވެ.
ޖޫލިއާ އާއި އަނުޝްކާގެ ލޮލާއި ނޭފަތް އަދި ތުންފަތުން ވެސް ވަރަށް ވައްތަރު ގޮތެއް ހުންނަ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު މިހާރު ވަނީ އެކަމާ ގުޅިގެން މީމްސްތައް ހަދާފައެވެ. އެގޮތުން ބައެއް މީހުން ޖޫލިއާ އަކީ 'އަމީރޯން ކީ އަނުޝްކާ' (މުއްސަނދި އަނުޝްކާ) ކަމަށް ވެސް ބުނަމުން ދެއެވެ.

އޭގެ އިތުރުން އަނުޝްކާ އިންޑިއާއަށް އައުމުން އޭނާގެ ހަންގަނޑުގެ ކުލަ ބަދަލުވީ ކަމަށް ވެސް ގިނަ މީހުން ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން އަނުޝްކާ އެއްޗެއް ބުނެފައެއް ނުވެއެވެ. ގިނަ ބަޔަކު މިހާރު ތިބީ އަނުޝްކާގެ ފިރިމީހާ ވިރާޓު ކޯލީ އެކަމަށް ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ.
2008 ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި އަނުޝްކާ ވަނީ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ލޯބި ހޯދާފައެވެ.
އަނުޝްކާ އެންމެ ފަހުން މަސައްކަތް ކޮށްފައިވަނީ މިދިޔަ އަހަރު ނެރުނު ފިލްމު 'ޒީރޯ' ގައެވެ. އެފިލްމުން އޭނާ ދައްކުވައިދިން އެކްޓަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވާއިރު އޭނާވަނީ މިދިޔަ އަހަރު ނެރުނު އިތުރު ތިން ފިލްމަކުން ފެނިފައެވެ.