Vijay Mallya India ah fonuvaalanee
image
ލަންޑަން ކޯޓު ބޭރުގައި އިންޑިއާގެ ކުރީގެ ބިލިޔަނަރު ވިޖޭ މަލްޔާ.-- ފޮޓޯ: އޭއެފްޕީ
0 ކޮމެންޓް
 

ވިޖޭ މަލްޔާ އިންޑިއާ އަށް ފޮނުވާލަނީ

ދަރަނިވެރިވުމުން ފައިސާ ދެއްކުމަށް މަކަރު ހަދައިގެން އިނގިރޭސި ވިލާތުގައި ދިރިއުޅެމުން އަންނަ އިންޑިއާގެ ކުރީގެ ބިލިޔަނަރު ވިޖޭ މަލްޔާ ދައުވާތަކަށް ކުރިމަތިލުމަށް އިންޑިއާ އަށް ފޮނުވާލަން ތައްޔާރުވެއްޖެ އެވެ. dhi2
އިންޑިއާ އިން އޭނާ ހައްޔަރު ކުރުމަށް ކޯޓް އަމުރެއް ނެރެފައި ވަނިކޮށް 2016 ވަނަ އަހަރު ފިލައިގެން އިނގިރޭސި ވިލާތަށް ދިއުމަށް ފަހު މިހާތަނަށް އޭނާ އުޅެމުން އަންނަނީ އެ ގައުމުގަ އެވެ. އަނބުރާ އިންޑިއާ އަށް އޭނާ ފޮނުވާލަން މީގެ ދެމަސް ކުރިން ލަންޑަން ކޯޓަކުން ވަނީ ހުކުމް ވެސް ކޮށްފަ އެވެ.

ކޯޓު ހުކުމާ އެކު އިނގިރޭސި ވިލާތުގެ ހޯމް ސެކްރެޓަރީ ސާޖިދު ޖާވިދު ވެސް މިހާރު ވަނީ، ވިޖޭ އިންޑިއާ އަށް ފޮނުވާލަން ނިންމާފަ އެވެ. ހޯމް ސެކްރެޓަރީގެ ނިންމުން އިސްތިއުނާފް ކުރުމަށް ވިޖޭ އަށް 14 ދުވަސް ލިބޭނެ އެވެ.

އިންޑިއާ އިން 2016 ވަނަ އަހަރުން ފެށިގެން އަންނަނީ ވިޖޭގެ މައްޗަށް އެ ގައުމުން އުފުލާފައިވާ ފްރޯޑް މައްސަލަތަކެއްގެ ދައުވާ އުފުލުމަށް އޭނާ އަނބުރާ އެ ގައުމަށް ގެނައުމުގެ މަސައްކަތް ފަށައިފަ އެވެ.

އެއް ބިލިޔަން ޑޮލަރަށް ވުރެ ބޮޑު ދަރަންޏެއްގެ ތެރޭގައިވާ ވިޖޭގެ ވިޔަފާރިތަކުގެ ތެރޭގައި މިހާރު ބަނގުރޫޓުވެގެން ހުއްޓިފައިވާ ކިންގްފިޝާ އެއާލައިން ހިމެނެ އެވެ. އޭގެ އިތުރުން ކިންގްފިޝާ ބިޔަރާއި، އިންޑިއާ ކްރިކެޓް އަދި ފޯމިއުލާ ވަން ރޭސިން ގައި ވެސް އޭނާގެ ބޮޑެތި އިންވެސްޓްމަންޓްތައް ހިމެނެ އެވެ.

ވިޖޭ ވަނީ އޭނާ އިންޑިއާ އަށް އަނބުރާ ފޮނުވަން ނުޖެހޭ ކަމަށާއި، އޭނާގެ ދަރަނި އެއްފަހަރާ ދެއްކުމަށް ތައްޔާރަށް ހުރި ކަން އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް މިދިޔަ އަހަރުގެ ޖުލައި މަހު އަންގާފައިވާ ކަމަށް ބުނެފަ އެވެ.
ހިޔާލު