Sun Siyam ge MDA kobaitha?
image
އެމްޑީއޭ ލީޑަރު ސަން ސިޔާމް (މ)، އަދި އެ ޕާޓީގެ އިސް ބައެއް ވެރިން-- ފޮޓޯ: އެމްޑީއޭ އެފްބީ ޕޭޖް
މުހައްމަދު ފަތުހުﷲ
1 ކޮމެންޓް
 

ސަން ސިޔާމުގެ އެމްޑީއޭ ކޮބާތަ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ދެ މަހަށް ވެފައިވާއިރު، މަޝްހޫރު ވިޔަފާރި ވެރިޔާ އަހުމަދު ސިޔާމު މުހައްމަދު (ސަން ސިޔާމް)ގެ ޕާޓީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ހަބަރެއް ނުވެއެވެ.
އެމްޑީއޭ އަކީ ނިމިދިޔަ، ޕީޕީއެމް ކޯލިޝަން، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރުގެ އެންމެ އިސް ބައިވެރިޔާ އެވެ. އަދި އެމްޑީއޭ އަކީ ރައީސް ޔާމީންގެ ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމެންދެން އެ ސަރުކާރު ދެމެހެއްޓުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ސަރުކާރު ކޯލިޝަން ޕާޓްނަރެވެ.

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލިސް އެކުލަވާލިއިރު، އެމްޑީއޭގެ ފަސް މެމްބަރުން ތިބި ނަމަވެސް ރިޔާސީ އިންތިހާބު އިބްރާހީމް މުހައްމަދު ސޯލިހް ކާމިޔާބު ކުރުމާއެކު މަނަދޫ ދާއިރާގެ މެމްބަރު އުމަރު ހުސައިން ވަނީ އެމްޑީއޭ ދޫކޮށް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވާފަ އެވެ.

އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ހުރިހާ ސިޔާސީ ޕާޓީތަކުން ފަށާފައިވާއިރު، އޭމްޑީއޭ އޮތީ ހަމަ ހިމޭނުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތައްޔާރީތަކާއި ޕާޓީގެ ހަރަކާތްތައް މަޑު ޖެހިފައިވާތީ އެކަން އޮޅުން ފިލުވުމަށް އެމްޑީއޭގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް ގުޅުމުން ބައެއް ބޭފުޅުން ފޯނު ނެންގެވުމަށްފަހު، އެއްވެސް ކޮމެންޓެއް ކުރައްވަން ބޭނުންނުވެ، ފޯނު ބާއްވާއިރު، ބައެއް ބޭފުޅުން ފޯނުވެސް ނުނަންގަވަ އެވެ.

މިހާރު ހިގަނމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް-އެމްޑީއޭ ކޮލިޝަންގެ ސާފު މެޖޯރިޓީ އޮތްއިރު، އެމްޑީއޭގެ ބައެއް މެމްބަރުންނަށް މަޖިލީހުގެ ބައެއް ކޮމެޓީތަކުގެ މުގައްރިރު ކަމާއި ނާއިބު މުގައްރިރުކަންވެސް ދެއްވާފައި ވެއެވެ. ނަމަވެސް ރިޔާސީ އިންތިހާބު ނިމުމާއެކު ޕީޕީއެމް ސަރުކާރު ކޯލިޝަން ވަނީ ނިމުމަކަށް އައިސްފަ އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރުވެސް، ރައީސް ޔާމީނާއި އެމްޑީއޭ ލީޑަރު ސިޔާމާ ދެމެދު ކުރިން އޮތް ގާތްގުޅުމަށް ރަނގަޅު ނޫންކަން ވަނީ އެނގިފަ އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެއްވެސް ހަރަކާތަކުން ސިޔާމު ފެނިފައެއް ނުވެއެވެ.

އެމްޑީއޭ ޕާލަމެންޓްރީ ގްރޫޕްގައި މިވަގުތު ތިއްބެވީ އެޕާޓީގެ ލީޑަރު ސިޔާމުގެ އިތުރުން، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުގެ އިތުރުން ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް އެވެ.
ހިޔާލު

ކެނދިކުޅުދޫ

ޢެމް.ޑީ.އޭ ކިޔާ ބައިގަނޑު ނ.އަތޮޅުގެ ރަށްރަށަށް އަރައިގެން ލާރިބަހަމުން އެބަ ގެންދޭ.. އެވެރިން ކުރާ ކެމްޕެއިން އަކީ އެއީ