Kylie ge Record Muguraali Bihakee Nafsaanee Bahyah Kuri Campaign eh
image
ކައިލީގެ ރިކޯޑު މުގުރާލި ބިސް--
1 ކޮމެންޓް
 

ކައިލީގެ ރިކޯޑު މުގުރާލި ބިހަކީ ނަފްސާނީ ބައްޔަށް ކުރި ކެމްޕެއިނެއް

އިންސްޓަގްރާމު މެދުވެރިކޮށް އެންމެ ގިނަ ލައިކް ލިބުނު އެމެރިކާގެ މަޝްހޫރު މޮޑެލް ކައިލީ ޖެނާގެ އެ ރިކޯޑު މުގުރާލި، ކުކުޅު ބިހަކީ ނަފްސާނީ ބައްޔާ ދެކޮޅަށް ކުރި ކެމްޕެއިނެއް ކަމަށް ހާމަކޮށްފި އެވެ. Dhiraagu
މިދިޔަ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހު "ވޯލްޑް ރިކޯޑް އެގް" ގެ ނަމުގައި ހަދާފައިވާ އިންސްޓަގްރާމު އެކައުންޓަކުން މަޑު މުށި ކުލައިގެ ބިހެއް ހިއްސާކުރީ ކައިލީ ޖެނާގެ 18 މިލިއަން ލައިކް ލިބިފައިވާ ފޮޓޯއަށް ވުރެ ގިނަ ލައިކު ހޯދާ އެ ރިކޯޑު މުހުރާލުމަށެވެ. އެގޮތުން 24 ގަޑިއިރުގެ ތެރޭގައި 18 މިލިއަނަށް ވުރެ ގިނަ ލައިކު ހޯދާ އެ ރިކޯޑު އެ ބިސް ވަނީ މުގުރާލާފައެވެ.

މިހާރު ވަނީ އެ ބިހުގެ ފޮޓޯއަށް 52 މިލިއަނަށް ވުރެ ގިނަ ލައިކު ލިބިފައެވެ. މިދިޔަ ޖެނުއަރީ މަހުގެ 19 އާއި 23 އަދި 30 ގައި ވެސް އެ އެކައުންޓުން ވަނީ ބިހުގައި ރެނދު ލާފައިވާ ފޮޓޯތައް ހިއްސާކޮށްފައެވެ. އެ ފޮޓޯތަކަށް ވެސް އެތައް މިލިއަން ލައިކް ލިބިފައިވެއެވެ.

އިއްޔެ އެ އެކައުންޓު މެދުވެރިކޮށް ހިއްސާކުރީ ވީޑިއޯއެކެވެ. އެގޮތުން އެއީ ދުނިޔޭގެ ރިކޯޑު ބިސް ކަމަށާއި ސޯޝަލް މީޑިއާގެ ޕްރެޝަރުގެ ސަބަބުން ފަހަކަށް އައިސް ބިހުގައި ރެނދުލާ ފަޅައިގެންދާ ފަށާފައިވާކަމަށް ބިސް ބުނެއެވެ. އަދި އެފަދަ ކަމެއް ކުރިމަތިވާނަމަ އެހެން މީހުންނާއި ވާހަކަ ދެއްކުމަށް ބިސް ނަސޭހަތްތެރިވެއެވެ.

ވީޑިއޯ ހިއްސާކޮށް އޭގެ ކެޕްޝަނުގައި ވަނީ ވާހަކަ ދެއްކުމުން ވަރަށް ބޮޑު ލުއިއެއް ލިބިގެންގޮސްފައިވާކަމަށް ބުނެފައެވެ. އަދި އެފަދަ ޕްރެޝަރެއް އޮތް ނަމަ "ޓޯކިންއެގް.އިންފޯ" އަށް ވަނުމަށް އެދެއެވެ. އެ ލިންކު މެދުވެރިކޮށް ފެނިގެންދަނީ އެކި ގައުމުތަކުގައި ނަފްސާނީ ދުޅަހެޔޮކަމަށް ލިބެން ހުރި ހިދުމަތްތަކެވެ.

ނަފްސާނީ ބަލި ތަހައްމަލު ކުރަމުން އަންނަ މީހުން މިހާރު ރާއްޖޭގައި އިތުރުވަމުން އަންނައިރު އެ ފަދަ ކަމެއް ތަހައްމަލު ކުރާ ފަރާތަކަށް ދެވޭނެ އެއް ފަރުވާއަކީ އެކަމާ ބެހޭގޮތުން މައުލޫމާތު ދީ ވާހަކަ ދެއްކުމެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ނަފްސާނީ ބަލި އާންމުގޮތެއްގައި ކުރިމަތި ވަނީ 15 އަހަރާއި 29 އަހަރާއި ދެމެދުގެ މީހުންނަށެވެ. އަދި ނިސްބަތުން ބަލާއިރު ފިރިހެނުންނަށް ވުރެ ގިނަ އަންހެނުން ދަނީ ނަފްސާނީ ބަލި ތަހައްމަލު ކުރަމުންނެވެ. ބައެއް ފަހަރު ނަފްސާނީ ބަލީގެ ސަބަބުން އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލާ ހާލަތްތައް ވެސް މެދުވެރިވެއެވެ.
ހިޔާލު

ނަންނާރި ކުޑޭ

ނަފުސާނީ ބަލީގެ ފަރުވާ އަކީ ތަގުވާ ﷲތަޢާލާ އައް ފުރިހަމައައް ކިޔަމަންތެރިވުން