Ehvahtharu Anushka ai Julia vaahaka dhahkaifi
image
އަނުޝްކާ އާއި ޖޫލިއާ---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އެއްވައްތަރު އަނުޝްކާ އާއި ޖޫލިއާ ވާހަކަ ދައްކައިފި

އެއްވައްތަރު ކަމަށް ބުނާ ބޮލީވުޑުގެ މައްޝޫރު ބަތަލާ އަނުޝްކާ ޝަރުމާ އާއި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖޫލިއާ މައިކަލް އެންމެ ފަހުން އެކަކު އަނެކަކާ ވާހަކަ ދައްކައިފިއެވެ.
މިހާރު ގިނަ ބަޔަކު ވާހަކަ ދައްކަމުން އަންނަ އެއް ވާހަކަ އަކީ އަނުޝްކާ އާއި ޖޫލިއާ ވައްތަރު ކަމެވެ. ސޯޝަލް މީޑިއާގައި އިންސްޓަގްރާމް މެދުވެރިކޮށް ޖޫލިއާ ހިއްސާކޮށްފައިވާ އެފޮޓޯއިން އޭނާ ވައްތަރީ އަނުޝްކާ އާ ކަމަށް އަނުޝްކާގެ ސަޕޯޓަރުން ބުނަމުން ދިޔައިރު އެންމެ ފަހުން ޖޫލިއާ ވަނީ އަނުޝްކާ އާ ޓްވީޓަރ މެދުވެރިކޮށް ވާހަކަ ދައްކާފައެވެ.

ޖޫލިއާ ކުރި ޓްވީޓުގައި އޭނާ ދެމީހުންގެ ފޮޓޯއެއް ހިއްސަކޮށް ބުނީ ބެލެވޭ ގޮތުގައި ދެމީހުންނަކީ އެއްމާބަނޑު ދެމީހުން ކަމަށެވެ. އެޓްވީޓަށް ޖަވާބު ދެމުން އަނުޝްކާ ބުނީ އޭނާ ޖޫލިއާ ހޯދި ކަމަށާއި އަދި ބާކީ ތިބި އެއްވައްތަރު ޖަހާ ފަސް މީހުން ވެސް ހޯދަމުންދާ ކަމަށެވެ.





ޖޫލިއާ އާއި އަނުޝްކާގެ ލޮލާއި ނޭފަތް އަދި ތުންފަތުން ވެސް ވަރަށް ވައްތަރު ގޮތެއް ހުންނަ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު މިހާރު ވަނީ އެކަމާ ގުޅިގެން މީމްސްތައް ހަދާފައެވެ. އެގޮތުން ބައެއް މީހުން ޖޫލިއާ އަކީ 'އަމީރޯން ކީ އަނުޝްކާ' (މުއްސަނދި އަނުޝްކާ) ކަމަށް ވެސް ބުނަމުން ދެއެވެ. އޭގެ އިތުރުން އަނުޝްކާ އިންޑިއާއަށް އައުމުން އޭނާގެ ހަންގަނޑުގެ ކުލަ ބަދަލުވީ ކަމަށް ވެސް ގިނަ މީހުން ވަނީ ބުނެފައެވެ.

2008 ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި އަނުޝްކާ ވަނީ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ލޯބި ހޯދާފައެވެ.

އަނުޝްކާ އެންމެ ފަހުން މަސައްކަތް ކޮށްފައިވަނީ މިދިޔަ އަހަރު ނެރުނު ފިލްމު 'ޒީރޯ' ގައެވެ. އެފިލްމުން އޭނާ ދައްކުވައިދިން އެކްޓަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވާއިރު އޭނާވަނީ މިދިޔަ އަހަރު ނެރުނު އިތުރު ތިން ފިލްމަކުން ފެނިފައެވެ.
ހިޔާލު