Tourist inn thibey thanthan inspect kuran maadhama fashanee
image
ޓޫރިޒަމް މިނިސްޓާ އަލީ ވަހީދު ރަސްދޫ ގެސްޓް ހައުސްއެއްގައި.. ފޮޓޯ/ޓޫރިޒަމް މިނިސްޓްރީ
މުޙައްމަދު މުސްޠަފާ
0 ކޮމެންޓް
 

ޓޫރިސްޓުން ތިބޭ ތަންތަން އިންސްޕެކްޓު ކުރަން މާދަމާ ފަށަނީ

ރާއްޖެއަށް ފަތުރުވެރިން ގެނެސް ބައިތިއްބާ ހުރިހާ ތަންތަން އިންސްޕެކްޓް ކުރަން މާދަމާ ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މާދަމާއިން ފެށިގެން ފަތުރުވެރިކަމުގެ ސިނާއަތުގެ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އިސްޕްކްޓް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، މާދަމާ އެ ޕްރޮގްރާމް ފެށުމަށްފަހު އެ މަސައްކަތް ހަތް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވީ، ސަލާމަތީ ކަންތައްތަކަށް އިތުރަށް ރަނގަޅަށް ބެލެހެއްޓުމަށް މަޓީއާ ސިފައިންނާއި ފުލުހުން އަދި މިނިސްޓްރީ ހިމެނޭ ގޮތަށް ވޯކިން ގްރޫޕެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އިންސްޕެކްޓްގެ ތެރެއިން ބަލާނެ ކަންކަމަކީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި މުއައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ފަދަ ކަމަށެވެ. އަދި އިންސްޕެކްޓްގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ޓޫރިޒަމް ތަންތަނުގެ ހާލަތުތައް ދެނެގަނެ، ރަނގަޅު ފިޔަވަޅުތަކެއް އެޅިގެންދިއުން ކަމަށްވެސް މިނިސްޓާގެ ވާހަކަގައި ފާހަގަކުރެއްވިއެވެ.

އިތުރަށް ވާހަކަ ދައްކަމުން ވިދާޅުވީ، މީގެ ކުރިންވެސް އިންސްޕެކްޓްތައް ހެދިފައި އެބަހުރި ކަމަށާއި ނަމަވެސް ޕޮލިސީ ލެވެލްގައި އެކަންކަން ތަންފީޒު ކުރުމުގައި ލޫޕްހޯލްސްތަކެއް ހުރި ކަމަށެވެ. އަދި މިހާރު އެފަދަ ކަންކަން ރަނގަޅަށް ތަންފީޒް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ހިޔާލު