Eh Kidney Failve Azan Ah Bodu Veyne Beynun vanee Ehee eh
image
އަޒާން: އެއް ކިޑްނީ ވަނީ ފެއިލްވެފައި.
1 ކޮމެންޓް
 

އެއް ކިޑްނީ ފެއިލްވެ އަޒާންއަށް ބޮޑު ވޭނެއް، ބޭނުންވަނީ އެހީއެއް

ދަރިންނަކީ ވަރަށް މަތިވެރި ނިއުމަތެކެވެ. އަދި އެހާމެ ބޮޑު މަސްއޫލިއްޔަތެއް ވެސް މެއެވެ. ކޮންމެ މަޔަކާއި ބަފަޔަކު ވެސް ދަރިން ހޯދަނީ ފޮނި އުންމީދު ތަކަކާއެކު އެވެ. ދަރިންނަށް ދުޅަހެޔޮ ސިއްހަތަކަށް އެދޭ ހާލު މައިންބަފައިންގެ އެންމެ ބޮޑު އެއް އަމާޒަކަށް ވާނީ އެކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުންކަން ޔަގީނެވެ. އެކަމަކު، ހުރި ހަމައެކަނި ދަރިފުޅަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ދިމާވެ ވޭނުގައި އުޅޭތަން ބެލުމަކީ އެއްވެސް މައެއްގެ ލަގޮނޑިއަށް ކެތްވާނެ ކަމެއް ނޫނެވެ.
ހދ. ކުރިނބީ އަށް އުފަން އުމުރުން އެންމެ ހަ އަހަރުގެ އަޒާން މުހައްމަދު ވަހީދަކީ އޭނާގެ އުމުރުން އެންމެ ދެ އަހަރުން ފެށިގެން ކިޑްނީގެ މައްސަލަތަކެއް ކުރިމަތިވެ ފަރުވާ ހޯދަމުން އަންނަ ކުއްޖެކެވެ.

ކުޅުދުއްފުށީގައި ހުންނަ އެ އަތޮޅު ރީޖަނަލް ހޮސްޕިޓަށް އަޒާން އެންމެ ފުރަތަމަ ޑޮކްޓަރަށް ދެއްކީ އޭނާގެ ގައިގެ ތަންތަން ދުޅަވާތީއެވެ. އެކަމަކު، އޭރު ސީދާ މައްސަލަ ދެނެގަނެވިފައެއް ނުވެއެވެ. އެކަމަކު، މާލެ އައިސް ޑޮކްޓަރަށް ދެއްކުމުން އޭނާގެ ކިޑްނީގައި މައްސަލަތަކެއް ހުރިކަމަށް ޑޮކްޓަރުން ބުންޏެވެ.

މިދިޔަ މަހުގެ 27 ގައި އަޒާނުގެ ހާލު މާބޮޑަށް ދެރަވެ، އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމުން އާއިލާއަށް ލިބުނީ އިތުރު ހިތާމައެކެވެ. ހުރި ހަމައެކަނި ދަރިފުޅުގެ އެއް ކިޑްނީ ފެއިލްވެފައިވާ ކަމެވެ. ޑައިލަސިސް ހެދުމަށް ޑޮކްޓަރުން ލަފާދިން ނަމަވެސް އައިޖީއެމްއެޗުން މިވަގުތު ކުޑަކުދިންގެ ޑައިލަސިސް ހެދެން ނެތުމުން އެންގީ ވީ އެންމެ އަވަހަކަށް ރާއްޖެ އިން ބޭރަށް ދިއުމަށެވެ. އަދި ބޭހުން ވެސް އަޒާން ރަނގަޅުވެދާނެ ކަމުގެ އުއްމީދު އައިޖީއެމްއެޗުން ދެއެވެ.

ވީއެންމެ އަވަހަކަށް ރާއްޖެ އިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރުން ލަފާދީފައިވާތީ އަޒާންގެ އާއިލާއިން މިހާރު ދަނީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ ހޮސްޕިޓަލުން އަޒާންއަށް ފަރުވާ ހޯދަމުންނެވެ. އެއީ ގިނަ ހަރަދުތަކެއް ހިނގާނެ ކަމެއް ކަމުން، އެއާއިލާއަށް މިވަގުތި މިވަނީ ތިއެންމެ ބޭފުޅުންގެ އެހީތެރިކަމަށް ވަރަށް ބޮޑަށް އެދިފައެވެ.

"މިމަހުގެ 30 ގަ އަޒާން ގޮވައިގެން އޭނާގެ މައިންބަފައިން އިންޑިއާއަށް ދިޔައީ. އެކޮޅަށް ދެއްކީމަ އެނގުނީ ދެ ކިޑްނީ ވެސް މިހާރު މަސައްކަތް ކުރަނީ 10 އިންސައްތައަށް ކަން. ކޮންމެ ހަފުތާއަކު ދެ ފަހަރު ޑައިލަސިސް ހަދަމުން އަންނަނީ މިހާރު. ކިޑްނީގެ ޓެސްޓެއް ހަދާފަވީ އެކަމަކު ނަތީޖާ ލިބުނީމަ އެނގޭނީ ބޭސް ކައިގެންވެސް ރަނގަޅު ވާނެކަން ނޫނީ އިތުރަށް ޑައިލަސިސް ހަދަން ޖެހޭކަން ވެސް،" އަޒާންގެ ބޮޑު ދައިތަ ސީއެންއެމްއަށް ކިޔައިދިނެވެ.

އާއިލާއަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް:

އަޒާންގެ ބައްޕަ މުހައްމަދު ވަހީދުގެ ރުފިޔާ އެކައުންޓް: 7730000036586
އަޒާންގެ ބޭބެ: 9824406
ބޮޑުދައިތަ: 9711793

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާ އާއި ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.
ސީއެންއެމް އެހީ
ހިޔާލު

ކަރުނަ

ޝަފާކަﷲ