Moonu Nivaakohgen Feyrunu Meehaku Hahyaru Kohfi
image
ކުޅުދުއްފުށީ ބަންޑާރަމަގު-- ފޮޓޯ: ކޭއޯ
1 ކޮމެންޓް
 

މޫނު ނިވާކޮށްގެން ފޭރުނު މީހަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށީ ފިހާރައަކަށް މޫނު ނިވާކޮށްގެން ވަދެ، ފައިސާތަކެއް ފޭރުނު މައްސަލާގައި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ، ކުޅުދުއްފުށީ ފިހާރައަކަށް މޫނު ނިވާކޮށްގެން މީހަކު ވަދެ، ވަޅިއަކުން ބިރު ދައްކާ ފައިސާތަކެއް ފޭރިގަތް މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ރޭ 21:30ގައި ކަމަށެވެ. އަދި އެމައްސަލާގައި ތުހުމަތުގައި ރޭ 36އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެކަމަކު، އެމީހާ ފޭރިގަނެފައި ވަނީ ކިހާ ފައިސާއެއް ކަން ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މިފަހަކަށް އައިސް ދައުލަތުގެ އެކި މުވައްސަސާތަކުގައި ހުންނަ ތިޖޫރި ފަޅާލައި ވައްކަން ކުރުމުގެ މައްސަލަތައްވެސް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
ހިޔާލު

ގަޅި

މޫނު ނިވާކުރިތަ؟