Anushka Instagram in Julia follow kuranee
image
އަނުޝްކާ އާއި ޖޫލިއާ---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އަނުޝްކާ އިންސްޓަރގްރާމުން ޖޫލިއާ ފޮލޯ ކުރަނީ

ބޮލީވުޑުގެ މައްޝޫރު ބަތަލާ އަނުޝްކާ ޝަރުމާ އާ އެއްވައްތަރު ކަމަށް ބުނާ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖޫލިއާ މައިކަލް އަށް އިންސްޓަރގްރާމުން ފޮލޯކުރެއެވެ.
މިހާރު ގިނަ ބަޔަކު ވާހަކަ ދައްކަމުން އަންނަ އެއް ވާހަކަ އަކީ އަނުޝްކާ އާއި ޖޫލިއާ ވައްތަރު ކަމެވެ. ސޯޝަލް މީޑިއާގައި އިންސްޓަރގްރާމް މެދުވެރިކޮށް ޖޫލިއާ ހިއްސާކޮށްފައިވާ އެފޮޓޯއިން އޭނާ ވައްތަރީ އަނުޝްކާ އާ ކަމަށް އަނުޝްކާގެ ސަޕޯޓަރުން ބުނަމުން ދިޔައިރު އެންމެ ފަހުން ޖޫލިއާ ވަނީ އަނުޝްކާ އާ ޓްވީޓަރ މެދުވެރިކޮށް ވާހަކަ ވެސް ދައްކާފައެވެ.

ވާހަކަ ދެއްކުމަށްފަހު މިހާރު އަނުޝްކާ ޖޫލިއާ އާ އިންސްޓަރގުރާމުން ފޮލޯ ކުރެއެވެ. ނަމަވެސް ޖޫލިއާ އަދި އަނުޝްކާ އަކަށް ފޮލޯކޮށްފައެއް ނުވެއެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ބުނާގޮތުގައި އެދެމީހުން ވަރަށް އަވަހަށް ބައްދަލުކުރާނެއެވެ.ޖޫލިއާ ވަނީ ދެމީހުންނަކީ އެއްމާބަނޑު ދެމީހުން ކަމަށް ޓުވިޓަ މެދުވރިކޮށް އަނުޝްކާ ކައިރީ ބުނެފައެވެ. އަދި އެޓްވީޓަށް ޖަވާބު ދެމުން އަނުޝްކާ ވަނީ އޭނާ ޖޫލިއާ ހޯދި ކަމަށާއި އަދި ބާކީ ތިބި އެއްވައްތަރު ޖަހާ ފަސް މީހުން ވެސް ހޯދަމުންދާ ކަމަށެވެ.

ޖޫލިއާ އާއި އަނުޝްކާގެ ލޮލާއި ނޭފަތް އަދި ތުންފަތުން ވެސް ވަރަށް ވައްތަރު ގޮތެއް ހުންނަ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު މިހާރު ވަނީ އެކަމާ ގުޅިގެން މީމްސްތައް ހަދާފައެވެ. އެގޮތުން ބައެއް މީހުން ޖޫލިއާ އަކީ 'އަމީރޯން ކީ އަނުޝްކާ' (މުއްސަނދި އަނުޝްކާ) ކަމަށް ވެސް ބުނަމުން ދެއެވެ. އޭގެ އިތުރުން އަނުޝްކާ އިންޑިއާއަށް އައުމުން އޭނާގެ ހަންގަނޑުގެ ކުލަ ބަދަލުވީ ކަމަށް ވެސް ގިނަ މީހުން ވަނީ ބުނެފައެވެ.

އަނުޝްކާ އެންމެ ފަހުން މަސައްކަތް ކޮށްފައިވަނީ މިދިޔަ އަހަރު ނެރުނު ފިލްމު 'ޒީރޯ' ގައެވެ. އެފިލްމުން އޭނާ ދައްކުވައިދިން އެކްޓަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވާއިރު އޭނާވަނީ މިދިޔަ އަހަރު ނެރުނު އިތުރު ތިން ފިލްމަކުން ފެނިފައެވެ.
ހިޔާލު