Hulhumale' Gai Office Imaaraatheh Alhanee
image
ހުޅުމާލޭގައި އަޅަން ކުރިން ސަރުކާރުން ނިންމި އޮފީސް އިމާރާތުގެ ކުރެހުމެއް--
2 ކޮމެންޓް
 

ހުޅުމާލޭގައި އޮފީސް އިމާރާތެއް އަޅަނީ

ހުޅުމާލޭގައި އޮފީސް އިމާރާތެއް އަޅަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާއިން ނިންމައިފި އެވެ.
ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލޭގައި 24000-25000 އަކަފޫޓިގެ އޮފީސް އިމާރާތެއް ޑިޒައިންކޮށް އާކިޓެކްޗަރަލް ކުރެހުންތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ޕްލޭނިން މިނިސްޓްރީން ބުނީ، ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 18ވާ ހޯމަ ދުވަހުގެ 10:00ގައި އެ މިނިސްޓްރީގައި ކަމަށެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 11 ވަނަ ދުވަހުގެ 10:00އަށް އެމިނިސްޓްރީއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށް ވެސް މިނިސްޓްރީން އެދެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ވެސް ހުޅުމާލޭގައި 25 ބުރީގެ އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަން ނިންމިއެވެ. އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަޝްރޫއު ތެރޭގައި ހިމެނޭ ގޮތައް އިމާރާތްކުރާ އެ އޮފީސް އިމާރާތުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމިއިރު އެމަޝްރޫއަށް ގާތްގަނޑަކަށް 123 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ފިނޭންސް މިނިސްޓްރީން އޭރު ވިދާޅުވި އެވެ.
ހިޔާލު

ލލ

ރާއްޖޭގެ ކެޕިޓަލް ސިޓީ އަކަށް ހުޅުމާލެ ވީހާވެސް އަވަހަކަށް ހަދަންވީ އޭރުން ވަރަށް ބޮޑު ލުއިފަސޭހަ ކަމެއް މާލެޔަށް ލިބޭނެ !

ލަކޫ

މިސަރުކާރަށް ކުރެވޭނެ އެންމެ ރަގަޅުކަމަކަށްވާނީ ސަރުކާރު އެއްކޮށް ހުޅުމާލެޔަށް ބަދަލް ކުރުން މާލެ ހަމަ އެކަނި ކޮމާޝަލް ސިޓީއެއްގެ ގޮތުގައި ބާއްވާފަ އެއީ ދުނިޔޭގެ އެހެން ޤައުމުތަކުން ވެސް އަލު ކޮށްފައިވާ ގޮތަކީ ވެރިކަން ކުރަން އާސިޓީއެއް އުފައްދާ ބާސިޓީ ކޮމާޝަލް ވިޔަފާރި ސިޓީއެއްގެ ގޮތުގައި ބޭނުން ކުރުން މިސާލަކަށް އިސްލާމް އާބާދު ޕުޓުރާޖާޔާ ފަދަ ސިޓީ !