Jennifer lawrence engage vejje
image
ޖެނިފާ އާއި ކުކް...
މުޙައްމަދު މުސްޠަފާ
0 ކޮމެންޓް
 

ޖެނިފާ ލޮރެންސް އެންގޭޖްވެއްޖެ

ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޖެނިފާ ލޮރޭންސް އޭނާގެ ލޯބިވެރިޔާ ކުކް މެރޮނީއާ އަށް އެންގޭޖްވެއްޖެއެވެ. dhi2
އުމުރުން 28އަހަރުގެ ޖެނިފާ އާއި 34އަހަރުގެ ކުކް އެންގޭޖް ވެފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މިދިޔަ ހަފްތާގައި އެ ދެމީހުން އެންގޭޖްވިއިރު ކައިވެނިކުރާނެ ތާރީހެއް އިއުލާންކޮށްފައެއް ނުވެއެވެ.

ޖެނިފާ އެންމެ ފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޑައިރެކްޓަރު ޑެރެން އެފްރޮނޯސްކީއާ ދެމެދު އޮތް ލޯބީގެ ގުޅުން ހީނަރުވީ 2017ވަނަ އަހަރުއެވެ.

ޖެނިފާ އަކީ ހޮލީވުޑްގައި ކާމިޔާބު ބަތަލާއެކެވެ. އޭނާ ވަނީ 2013ވަނަ އަހަރު އޮސްކާ އެވޯޑް ވެސް ހާސިލްކޮށްފައެވެ. ގިނަ ފިލްމުތަކެއް ކުޅެ ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދާފައިވާއިރު އޭނާގެ ފިލްމުތަކެއް ކުރިޔަށް ވެސް ރިލީޒްވާން އެބަ ހުއްޓެވެ.
ހޮލީވުޑް
ހިޔާލު