ACC ge nazaahaitherikan ves vanee gehlifai?
image
ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭސީސީގެ ރައީސް ލުތުފީ (ކ) އަދި ނައިބު ރައީސް މުއައްވިޒް (މ).-- ފޮޓޯ: ވީނިއުސް
8 ކޮމެންޓް
 

އޭސީސީގެ ނަޒާހާތްތެރިކަން ވެސް ވަނީ ގެއްލިފައި؟

ކޮރަޕްޝަނުގެ މައްސަލަތައް ބަލާ، އެ ކަންކަމަށް ފިޔަވަޅު އެޅުން ގާނޫނުން މަތިކޮށްފައި ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން ނުވަތަ އޭސީސީ އަށެވެ. ނަމަވެސް މިހާރު އެ ތަނަކީ ނަޒާހަތްތެރި ތަނެއް ހެއްޔެވެ؟
މިއީ ގިނަ ބަޔަކު، މީގެ އެތައް ދުވަހެއް ކުރިން ފެށިގެން ކުރަމުން ދިޔަ ސުވާލެކެވެ؛ ސޯޝަލް މީޑިއާގައި ދައްކަމުން ދިޔަ ވާހަކަ އެކެވެ. ނަމަވެސް އެ ސުވާލު މިއަދު ތަކުރާރުކުރަން މި ޖެހުނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅާ ގުޅުވައިގެންނެވެ.

ވެރިކަމާ ހަވާލުވި އިރު، ފަސާދަ އާއި ހިޔާނާތުން ކިލަނބުނުވާ އެއްވެސް އިދާރާއެއް ގައުމުގައި ނެތް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. ރައީސް ސޯލިހު ވިދާޅުވީ، ގައުމުގެ ހާލަތު އެހާ ގޯސްވެގެން ދިޔައީ ކޮރަޕްޝަން ހުއްޓުވާނެ ގާނޫނުތަކާއި ގަވާއިދުތައް ނެތިގެން ނޫން ކަމަށެވެ.

ކޮރަޕްޝަންގެ މޫތައް މުޅި ރާއްޖެ އަށް ފެތުރިގެން ދިޔައީ، ހިޔާނާތާއި ފަސާދައިގެ ކުރިމަތީގައި އެފަދަ މަައްސަަލަތައް ތަހުގީގުކޮށް ދައުވާކުރާ އިދާރާތައް "ކުޑަކަކޫ ޖެހުމުން" ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ނުސީދާކޮށް އެ ވިދާޅުވަނީ އޭސީސީގެ ނަޒާހަތްތެރިކަން ގެއްލިފައިވާ ވާހަކަ އެވެ. މާނަ އަކީ ގަނޫނުން މަތިކޮށްފައިވާ ޒިންމާތައް އޭސީސީން އަދާކޮށްފައި ނުވާ ވާހަކަ އެވެ.

ދައުލަތުގެ މުދަލާއި ފައިސާ ނާޖާއިޒް ގޮތުގައި، ބަޔަކު އަމިއްލަ އަށް ބޭނުންކޮށް، ދައުލަތުގެ ހުރިހާ އިދާރާއަކަށް ކޮރަޕްޝަނާއި ވައްކަމުގެ ޖަރާސީމު ފެތުރިގެން ދިޔައިރު އެ ކަންކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު އެޅުފައި ނުވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ނުސީދާކޮށް ރައީސްގެ ފާޑުކިޔުން އޭސީސީ އަށް އަމާޒުވި އިރު، ރައީސް ޔާމީނުގެ ވެރިކަމުގައި އެ ތަން އޮތީ "ނިދާފައި" ކަމަށް ގިނަ ބަޔަކު ސިފަ ކުރެ އެވެ. ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކުގައި ހަނު އޮތް އިރު، ސަރުކާރުން ކުރާ އެފަދަ ކަންކަން ހުއްޓުވުމަށް އޭސީސީން އެއްވެސް މަސައްކަތެއް ނުކުރާ ކަމަސް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.

ނަމަވެސް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ނާކާމިޔާބު ވުމާ އެކު "ގަދަ ނިދީގައި އޮތް" އޭސީސީ ވަނީ ހޭލާފަ އެވެ. އެކަމަކު ސުވާލަކީ، ކުރީގެ ސަރުކާރުގައި ކޮރަޕްޝަނުގެ މައްސަލަތައް ނުބަލާ ދޫކޮށްލި ބަޔަކު ކުއްލިޔަކަށް މިހާރު އިހުލާސްތެރިވާނެ ހެއްޔެވެ؟
ކޮރަޕްޝަން އޭސީސީ
ހިޔާލު

މުކްބެ

ގާނޫނުއަސާސީގައި ކޮމިޝަންގެ ރައީސަށްދޭ މުސާރަޔާ އިނާޔަތް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނޭ ސީދާ ބުނެފައިވަނިކޮށް ސަރުކާރުން ދިން ފްލެޓެއް ރަޖިސްޓްރީ ކޮށްލާގެން އުޅުނީމާ ދެން ކޮންމެ މީހަކަށްވެސް އެނގޭދޯ ނަަޒާހަތްތެރިކަމެއް ނެތްކަން.

އަސްލަމް

ތިޔައީ މީހުން ސުވާލުކުރާ ކަމެއްނޫން. ބުއްދި ސަލާމަތުން ހުރިމީހެއްނަމަ ޔަގީންވާ ކަންކަން ތިހުންނަނީ.

ބަލާމީހާ

ޢޭސީސީގެ ބޯޑް މެމްބަރުންނަށް ފަސްއަހަރު ދެވިފައިވާ މުސާރަޔާއި އިނާޔަތް ގެދޮރުވިއްކައިގެން ވިޔަސް ރައްޔިތުންނަށް ނަގާލަދޭން ނުޖެހޭތޯ.

ެއަހުމަދު އަލީ

އޭސީސީ އެކަންޏެއް ނޫން. އެމްއެމްއޭ ގައި މިހާރު ހުރި ގަވަރުނަރު ވަނީ އެތަނުގެ ނަޒާހަތްތެރިކަން ގެއްލުވާލާފަ. މުވައްޒަފުންނާ މެދު ކަންކުރަނީ ހިތުހުރި ގޮތަކަށް. ފާޑެއްގެ އެޑްވައިޒަރެއް ގެނެސްގެން އެތަން ހަލާކުކޮށްފި. ޔާމިނު ދިފާއުކުރަން އެތަނުން ހަދާ ކުއާރޓަލީ ބުލެޓިންގަ ހުންނަ މަޢުލޫމާތުވެސް ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް އޭނަ ނުބުނާގޮތަށް ހުރިއްޔާ މައްސަލަ ޖައްސާ. ބޭރުކުރަން ޖެހޭ މީހެއް އެއީ ހަމަ މިހާރުވެސް.

ޖަމްބޯ

ނުވާނެ...! ތިޔަ އޭސީސީ އެއް ދުވަހަކުވެސް އިޙްލާސްތެރިއެއް ނުވާނެ. ތިޔަ ކޮމިޝަނުގައި ތިބި އެންމެން ބޭރުކުރުމަށްފަހު އަލަށް މެމްބަރުން އަޔައްކޮށްގެން ނޫނީ ހެޔޮ ނަތީޖާއެއް ނުފެންނާނެ. އޭސީސީ މެމްބަރުންވެސް ވަނީ އެމްއެމްޕީއާރުސީގެ ޙިޔާނާތުގެ ފައިސާގައި ޖެހިފައި. އޭސީސީ ގެ ރައީސް ލުތުފީއަށް ރެހެންދި ފްލެޓެއްވެސް ލިބުނުކަމުގެ ވާހަކަވެސް ދެކެވިފައިވޭ.

އިކްރާމް އަބްދުއް ސައްތާރު

އެޗްޑީސީގެ އިހްމާލުން (ފޭކް ބޭންގެރެންޓީ)އަކަށް ސީލައިފް ކިޔާބަޔަކަށް ބިންދީގެން ރައީސް ބިންގާއަޅާއި ދިން ހައުސިން މައްސަލާއިގައި ކޮރޮޕްޝަން ގެ ސަބަބުން 203 މީހަކަށް ގެއްލުން ވެގެން އެކަން އޭސީސީ އަށް ހުށަހެޅީމަ ބަލާވެސް ނުލި.. ގުޅީމަ ބުނީ.. މައްސަލަ ހުށަހެޅިފަރާތަށޯ ޖަވާބުދޭނީ...

އަހަރެން ގެ އައިޑީ ދިނީމަވެސް އަހަރެން ނުވި މައްސަލަ ހުށަހެޅި މީހަކަށް.. ފޯމު ހިފައިގެން ދިޔަ ކުއްޖާއަށޯ އެކަންވިގޮތެއް ބުނެދެވޭނީ..

އެހެން ކިޔާފަ މައްސަލަ ނުވެސް ބަލާ މިއަދާއި ހަމަޔަށް ޖަވާބެއްވެސް ނުދޭ..

މީ އޭސީސީގެ ނަޒާހާތް ތެރިކަމުގެ އެންމެ ތަންކޮޅެއް.. 203 ދިވެހީން ގެ ހައްގައް ސަރުކާރު ހިމެނޭގޮތަށް ހިނ

ޢާދަން

ތި ތާގެ ހުރިހާ އާ**ން ވައްކަމުގަ ބަރާބަރު ހިއްސާވެ ހެކި އެބަހުރި ގޮޅިޔައްދާން ތައްޔާރު ވޭ

ނޫސް ކިޔާމީހާ

ތިޔަވިދާޅުވީ މިހާތަނަން ރައީސް ސާލިހު ވިދާޅު އެންމެ ހަގީގީ ބަސްފުޅު. ޢޭސީސީ އޮތީ ނިދާފައެއް ނޫން ހޭލާބަލަށް، ނުކެރިގެންތޯ ކެރިގެންބަލަން އޮތީތޯ މީއީ ނޭގޭފަޅި. ސުވާލު އުފެދެނީ އޭސީސީ އޭ ނަންބޯޑުގައި ޖެހިފަ އެވަނީ އޮޅިގެންތޯ.