Lanka gai masthuvaathakethi beynunkuraa meehunnah maruge adhabu dheyn fashanee
image
ލަންކާގެ ރައީސް ސިރިސޭނާ.-- ފޮޓޯ: ރޮއިޓާސް
3 ކޮމެންޓް
 

ލަންކާގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަރުގެ އަދަބު ދޭން ފަށަނީ

އަވައްޓެރި ސްރީ ލަންކާގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަރުގެ އަދަބުދޭން ފަށާނެ ކަމަށް އެ ގައުމުގެ ރައީސް މައިތުރިޕަލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ. muni
ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސިރިސޭނާ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަރުގެ އަދަބު ދިނުން، ބޭރުގެ ޕްރެޝަރަށް ހުއްޓާނުލާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް ސިރިސޭނާ ވިދާޅުވި އެވެ.

އެ ގައުމުގައި މަރުގެ އަދަބު ދިނުން ހުއްޓާލިތާ 40 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އަލުން އެކަން ފަށަން އުޅޭތީ އެކަމުގައި އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ޕްރެޝަރު ނުކުރުމަށް ވެސް ރައީސް ސިރިސޭނާ އިއްޔެ ގޮވާލެއްވި އެވެ.

ޑްރަގް ބޭނުންކުރާ މީހުންނަށް މަރުގެ އަދަބު ދޭނެ ކަމަށް ރައީސް ސިރިސޭނާ އެންމެ ފުރަތަމަ އިޝާރާތް ކުރެއްވީ، މިދިޔަ މަހު ފިލިޕީންސް އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން ފިލިޕީންސްގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި މީހުން މަރާތީ، އެކަން ލަންކާގައި ވެސް ކުރަން ބޭނުންވާ ކަމަށް ސިރިސޭނާ ވިދާޅުވި އެވެ.

ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރަން ހުކުމްކޮށް، ޝަރީއަތުގެ ހުރިހާ މަރުހަލާއެެއް ފުރިހަމަވެފައިވާ ފަސް މީހަކު އެ ގައުމުގައި އެބަތިއްބެވެ.
ހިޔާލު

އަހުމަަދު

މި މުސްލިމްޤައުމުގައި މި މީހުންނަކީ ބަތަލުން ވާއެއްކަމެއވެސްނެތް... މިހާރުމިކަން ކުރާމީހުން ގެ އުދަގޫ ވ ބޮޑުވެއްޖެ...އެތިކޮޅުހޯދަން ވައްކަންކުރުން އާއްމު ވެއްޖެ.

މައްލި

ތިކަމަށް ވަރަށް ބޮޑަށް ތާއީދު ކުރަން. ޑްރަގު ބޭނުން ކުރާމީހުންނަށް ތިޔަ އަދަބުދިނުން މާބޮޑަށް ވެސް ލަސްވެއްޖެ. ލަންކާގައި ޑްރަގް ކޮންޓްރޯލް ކުރެވޭ ކަމަށްވަންޏާ އެކަމުގެ ހެޔޮ އަސަރު ރާއްޖެ އަށް ކުރާނެ.

ހިލަބެ

ޟަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރާމީހުން ރާއްޖޭގައި 25 އަހަރު ޖަލަށްހުކުމް ކޮށްލިއަސް ދެއަހަރެއްތެރޭ ދޫކޮށްލާކަން
ރެޑުހޭންޑްކޮން ހިފިޔަސް ހަފްތާއެއްވާއިރު ހުރިހާހެކިތައް ގެއްލި އޭނާދޫކޮށްލާފައެބަހުރި
3 ފަހަރު އުމުރަށް ހުކުމްކޮށް ޖަލަށްލާން ހުކުމްކުރި މީހުން އެބައުޅޭ މިހާރުވެސް ހަކުރު ވިއްކަން
މިހެންމިކަން ވާހާހިނދަކު މިކަމެއްހައްލެއްނުވާނެ ހަރުކަށި އަދަބުދީގެން