Gaidheeaku maruvehjenama dhaulathun zinmaavaan jeheyne: Shahindhaa
image
4 ކޮމެންޓް
 

ގައިދީއަކު މަރުވެއްޖެނަމަ ދައުލަތުން ޒިންމާވާން ޖެހޭނެ: ޝަހިންދާ

ދައުލަތުގެ ބެލުމުގެ ދަށުގައި މިނިވަންކަން ގެއްލޭގޮތަށް ހުރި މީހަކު މަރުވެއްޖެނަމަ، އެ ކަމުގެ ޒިންމާ ދައުލަތުން ނަގަންޖެހޭނެ ކަމަށް ޖަލުތަކުގެ ހާލަތު ބަލަން ހޯމް މިނިސްޓްރީން އެކުލަވާލާފައިވާ ކޮމިޝަނުގެ މެންބަރު ޝަހިންދާ އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އައްސޭރި ޖަލުގައި ކުއްލިގޮތަކަށް އިއްޔެ ގައިދީއަކު މަރުވެފައިވަނިކޮށް ޝަހިންދާ ރޭ ޓްވިޓާގައި ވިދާޅުވެފައިވަނީ ބަންދުގައި ތިބޭ މީހުންނަށް އެކަށީގެންވާ އަވަަސްމިނެއްގައި، ސިއްހީ އަވަސްފަރުވާ ދެވޭނެ ނިޒާމެއް އޮތުން ލާޒިމު ކަމަށެވެ.

އޭގެ އިތުރުން ޖަލުތަކުގައި މަރުވި މީހުންނަށް ދިމާވީ ކޮން ކަމެއްތޯ ތަހުގީގުކޮށް ބެލުމަށްފަހު ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އަޅަން ވެސް ޝަހިންދާ ވަނީ ގޮވާލައްވާފަ އެވެ. ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ހޯމް މިނިސްޓްރީ އަށް އެހެން ގޮވާލައްވަމުން ޝަހިންދާ ވަނީ، މިފަދަ މައްސަލަތަކުގެ ފުރިހަމަ މައުލޫމާތު އާންމުންނަށް ދިނުމަށް ވެސް ގޮވާލައްވާފަ އެވެ.

"މިފަދަ ހިތާމަވެރި ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކުރައްވާ އެޅުއްވުމަށް ހޯމް މިނިސްޓަރު ޝޭހް އިމްރާނަށް ދަންނަވަން،" ޝެއިހް އިމްރާން ޓެގް ކުރައްވާ ޝަހިންދާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަންނަނީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރައީސް އާއި ނައިބުރައީސް ފައިސަލް ނަސީމް އަދި ޝޭހް އިމްރާން ވަނީ ޖަލަށް ވަޑައިގެން އެ ތަންތަނުގެ ހާލަތު ބައްލަވާފަ އެވެ.

ޖަލުތަކުގެ ހާލަތު ބެލުމަށް ހޯމް މިނިސްޓްރީން ހާއްސަ ކޮމިޝަނެއް އެއް ހަދައިގެން، އެ ކޮމިޝަނުގެ މަސައްކަތްތައް ވެސް މިހާރު ވަނީ ފަށާފަ އެވެ. އަދި ބައެއް ޖަލުތަކުގައި އަވަސް ފަރުވާ ދެވޭނެ ނިޒާމު ވެސް ވަނީ ގާއިމްކޮށްފަ އެވެ.
ހިޔާލު

ސސ

އަޅުގަޑުމެން ހުރިހާ ދިވެހި ރައްޔިތުން މިތިބެނީ ވެރިޔަކަށް ބައިއަތު ހިފައިގެން އޭނަގެ ވެރިކަމުގެ ދަށުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ދައުލަތުގެ އިހުމާލުން ރައްޔިތަކު މަރުވެއްޖެނަމަ ބައިތުލް މާލުން އެމީހަކަށް ދިޔަދޭން ޖެހޭނެ !

ޭްއައިޝާ

މީހަކު ބަލިވެ ބޭސްފަރުވާ ނުދެވިގެން އެކަމުގެ ސަބަބުން މަރުވެއްޖެ ނަމަ ތިބުނާހެން ޒިންމާ ނަގަން ޖެހޭނެ ތޯއްޗެ އެކަމަކު ހަމަހުރެފަ ކުއްލިޔަކަށް މަރުވާ މީހާގެ ޒިންމާ ނަގަންޖެހޭނެ ކަމަށް ގަބޫލެއް ނުކުރަން މަރު އަންނާނީ ކޮންވަގަުތަކު ކޮންތާކު ހުއްޓާ ކިހިނެއް ކަމެއް އެއީ އެއްވެސް މީހަކަށް އެނގޭކަމެއްނޫން ކުއްލިމަރުތައް ގިނަވުމަކީ ގިޔާމަތުގެ ޢަލާމަތެއް ކަމުގަ ދަންނަބޭކަލުން ވަނީ ވިދާޅުވެފަ

ކަންއޮތްގޮތް

ސިޔާސީދާއިރާގައި އެންމެގަދައަށްހިނގާކަމަކީ، ޓުވީޓުގެ ޒަރިއްޔާއިން ސަޕޯޓުހޯދައި، ތިއްތިދެއްކުމެވެ. އެހެންވީމައި ޝަހިންދާގެތިޢަމަލު ޤަބޫލުކުރަންޖެހެއެވެ. އެކަމަކު ޙަޤީޤަތްޤަބޫލުކުރާމީހަކުނަމަ، މަރާއިމެދު ވާހަކަދައްކާނީ ބެލުންތަކަކަށްފަހުގައިއެވެ. ޖަލުޙުކުމް ތަންފީޒުކުރާކޮންމެ ޤައިދީއެއްގެފަހަތުގައި، ނުވަތަ އެފަދަ ކޮންމެތަނެއްގެތެރޭގައި ފުރާނަސަލާމަތްކުރާނެ، ނޫނީ ކުރެވޭނެ ވަސީލަތް ބެހެއްޓެން ނުހުންނާނެކަން ދަންނަންޖެހޭނެއެވެ. އަދި ހަމައެހެންމެ، ކުށްނުކުރާ ޢާންމު ރަޢިއްޔަތަކަށްނުދޭ އަހަންމިއްޔަތުކަމަކާއި ޢިއްޒަތެއް ޤައިދީއަކަށް ދީގެނެއްނުވާނެއެވެ. ކުށްކޮށްގެން، ނުވަތަކުރާތީ ޤައިދުކޮށްފައިތިބޭބަޔަކަށް ދޭއިޙުތިރާމާއި އަޅައިލުމަށްވުރެ، ކުށްނުކުރާ ރަޢިއްޔަތަކަށް ކުރާޤަދަރާއި އިޙްތިރާމް ބޮޑުވާންޖެހޭނެއެވެ. އެފަދަ ޢާންމުރަޢިއްޔަތުންނާއި ކުރިމަތިވާމަރުގެޒިންމާވެސް އެހެންވެއްޖެނަމަ ނަގަންޖެހޭނީ ދަތުލަތަށްތާއެވެ! ފުރާނައަކީ އަހަރުމްނެގެބާރު ފޯރާއެއްޗެއްނޫންކަން ކަމަނާ ދެނެވަޑައިގަންނަނަމަ، ތިބީދާއިން ވާހަކައިން ކޮވެލިގޮވާގައި ގޮވާފާނެކަމުގައި ޤަބޫލެއްނުކުރެވެއެވެ!

ޒަ

ޝަހިންދާ ހުރި އެއްވެސް މުއައްސަސާއެއް ބަލައެއް ނުގަންނަން