Gaumuge salaamathaai rahkaatherikamah enme muhinmee heyo verikameh: Home Minister
image
މިނިސްޓަރު އިމްރާން ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހޯމް މިނިސްޓްރީ
1 ކޮމެންޓް
 

ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އެންމެ މުހިންމީ ހެޔޮ ވެރިކަމެއް: ހޯމް މިނިސްޓަރު

ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އެންމެ މުހިންމު އެންމެ އަސާސީ ރުކުނަކީ ފަސާދައިން އެއްކިބާ ވެފައިވާ ދެފުށް ފެންނަ ހެޔޮވެރިކަމެއް ކަމަށް ހޯމް މިނިސްޓަރު ޝޭއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ހުރަވީ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު ވިދާޅުވީ، ގައުމެއްގެ މިނިވަންކަމާއި ސިޔާދަތު ގެއްލި، އަޅުވެތިކަމުގެ އަނދިރިކަމުގެ ތެރެއަށް ގެނބިގެން ދިޔުމަށް މަގުފަހިވާ އެއް ކަމަކީ އޭރަކު ހުންނަ ވެރިއަކު ރައްޔިތުންގެ މައްޗަށް އަނިޔާވެރިކަން އިސްކޮށް، ބޭއިންސާފާއި ފަސާދަ އާންމުކޮށް، ރައްޔިތުންނަށް ތަހައްމަލުކުރަން ނުކުޅަދާނަ ހަލަތެއް މެދުވެރި ކުރުވުން ކަމަށެވެ.

"ތަރައްގީގެ މަގުގައި ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން، ބަވަނަވެފައިވާ ދުނިޔޭގައި، ބައިނަލްއަގުވާމީ މުޖުތަމައުގެ ބައިވެރިއެއްގެ ގޮތުގައި ކުރިޔަށްދާއިރު އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތަށް ބުރުއަރާފާނެ ކަންކަމާމެދު ހުޝިޔާރުވާންޖެހޭ. އެފަދަ ކަންކަމަކީ ކޮބައިކަން ދެނެގަނެ، އަޅަންވާ ފިޔަވަޅުތައް އަޅާ، ރައްކާތެރިވާން ޖެހޭ،" އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހުރަވީދުވަހާއި، ހުރަވީދުވާހާ ގުޅިފައިވާ ހާދިސާތަކުން އުނގަންނާދޭ ފިލާވަޅަކީ ދިވެހިންގެ މިނިވަންކަމާ އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި ކޮންމެ ފަރުދަކު ވެސް ދީނާއި ގައުމުދެކެ ލޯބިވާން ޖެހޭ ކަން ކަމަށެވެ.

"ދިވެހި ގައުމަށް ކުރިމަތިވި ބޭރުގެ ކޮންމެ އުދުވާނެއްގެ ފަހަތުގައި މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ގައުމާއި، ރައްޔިތުންނަށް ހިޔާނާތްތެރި، ދިވެހި ހާއިނުންތަކެއްގެ ހީލަތްތެރި އަތްތަކެއްވޭ. މިއަދު އަޅުގަނޑުމެން ފާހަގަކުރަމުންމިދާ ހުރަވީދުވަހުގެ ހާދިސާއަށް ނަޒަރުހިންގާލުމުން ވެސް ފެނިގެންދަނީ މި ހަގީގަތް،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
ހިޔާލު

ލަކޫ

ޔާ ﷲ ޢިމްރަން އަބުދު ﷲ ގެ މަސައްކަތުގައި ބަރަކާތް ލައްވައި ހެޔުތައުފީޤް ދެއްވާށި ! މިޤައުމުގައި ދެން އެއްވެސް ބަޔަކު ސަކަރާއް ޖަހައި ފަސާދަކުރަން އެއްވެސް ފުރުސަތެއް ނުދެއްވާށި ޔާ ﷲ !