Mi aharuge thereygai alah 20 resort hulhuvanee
image
ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ އަށް ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
3 ކޮމެންޓް
 

މި އަހަރުގެ ތެރޭގައި އަލަށް 20 ރިސޯޓް ހުޅުވަނީ

މި އަހަރުގެ ތެރޭގައި ރާއްޖޭގައި އަލަށް 20 ޓޫރިސްޓް ރިސޯޓް ހުޅުވަނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މި އަހަރަށް ރައްޔިތުން މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް ސޯލިހު އިއްޔެ ދެއްވި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ މި އަހަރު އަލަށް ހުޅުވާ ރިސޯޓުތަކާ އެކު ޓޫރިސްޓް އެނދުގެ އަދަދު 47,000 އަށްވުރެ އިތުރުވެގެން ދާނެ ކަމަށެވެ.

"އެ ރިޒޯޓްތަކުގެ ހިދުމަތް ފެށިގެންދާއިރު، ސަރުކާރުގެ އަމާޒަކީ، މިއަހަރުގެ ތެރޭގައި 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ގެނައުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ، އަމާޒަކީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ރާއްޖެ އަށް އަހަރަކު 2.5 މިލިޔަން ފަތުރުވެރިން ގެނައުން ކަމަށެވެ. އަދި އެކަމަށް އަމާޒުހިފާފައިވާއިރު، ދުނިޔޭގެ އިތުރު މާކެޓުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގެ ކޮންމެ އަތޮޅަކީވެސް ހާއްސަ ސިފަތަކެއް ލިބިގެންވާ ނާދިރު އަތޮޅެއް. އެކަންކަމަށް ފަތުރުވެރިންގެ ޝައުގުވެރިކަން އިތުރުކޮށް، ރާއްޖޭގެ އެކި ސަރަޙައްދުތައް، ވަކިވަކި މަންޒިލްތަކެއްގެ ގޮތުގައި، ތަރައްގީކޮށް މާކެޓުކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެ،" ރައީސް ވިދާޅުވި އެވެ.

އަތޮޅުތައް ވަކި މަންޒިލްތަކުގެ ގޮތުގައި ތަރައްގީކޮށް، މާކެޓް ކުރަން ފެށުމުން ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޖޭގެ މުޅި އިގްތިސާދުގެ 70 އިންސައްތަ ހިއްސާކުރަނީ ފަތުރުވެރިކަން ކަމަށާއި، މިދިޔަ އަހަރު ނިމުނު އިރު ރާއްޖެ އަށް 1.4 މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރި ކަމަށެވެ. އަދި މިދިޔަ އަހަރު ރާއްޖޭގައި ހުރީ 145 ރިސޯޓާއި، 521 ގެސްޓްހައުސް ކަމަށާއި އެ ތަންތަނުގެ އެނދުގެ އަދަދަކީ 44،860 ކަމަށް ރައީސް ވިދާޅުވި އެވެ.
ހިޔާލު

ޫއަންހެނެއް

ކޮބާތޯ ރައީސް ސޯލިހް އަންހެނުންނަށް ދެއްވަން ބުނުންވި ޗުއްޓީ ވިހެއުމުގެ ޗުއްޓީ 6 މަސްދުވަސް އައުވެރިކަން މިހިސާބަށް އައިއިރުވެސް އަދި މިހާތަނަށް ވިހޭ އެއްވެސް މީހަކަށް 6 މަސްދުވަހުގެ ޗުއްޓީއެއް ނުލިބޭ. އެއީވެރިކަން ނިމޭދުވަހު ވިހާ މީހުންނަށް ދެއްވާ ޗުއްޓީ އެއްތޯ

ކާލި

ތީ މަހުޖަނުން ޖީބް މުއްސަދި ކުރުވާނެ ކަމެއް ރައްޔިތުންނަށް ބޭންކުން ލޯނެއް ދިނަސް ބޮޑު އިންޓުރެސްޓްގައި ލޯނުދޭތި އޭރުން އަދި ސޭޓުން ބޮޑަށް މުއްސަދި ވާނެ . ބޭންކު އޮފް މޯލްޑިވުސް ކުރާހާކަމީ މާލެ ސަރަހައްދުގައި އަހަރަކު އެއްފަހަރު ކުލިބޮޑުކުރަން ގޭއަޅާފަ ތަާފަ އަޅާފަ ތަޅާފަ ގެއަޅަން ލޯނު ދޫކުރުން !

ދުންމާރި

މިއަހަރުތެރޭ ރައީސް ޔާމީން އިންދި އޮށްތަށް ފަޅާ ހެދިބޮޑުވެ މޭވާލިބޭނެ