Amiri ah 45,636 Dollar dhakkan FIFA in New ah angaifi
image
އަނީރީ: އޭނާ އަށް ފައިސާ ދެއްކުމަށް ނިއު އަށް ދީފައިވަނީ 45 ދުވަސް.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު
0 ކޮމެންޓް
 

އަމީރީ އަށް 45،636 ޑޮލަރު ދައްކަން ފީފާ އިން ނިއު އަށް އަންގައިފި

މިދިޔަ އަހަރު ނިއުރޭޑިއަންޓަށް ކުޅުނު އަފްގަނިސްތާނުގެ ކުޅުންތެރިޔާ ހާރޫން އަމީރީ އަށް 45،636 ޑޮލަރު (703،707.12 ރ.) ދައްކަން ފީފާ އިން އެ ކްލަބަށް އަންގައިފި އެވެ. dhi2
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ އިން ނިއު އަށް އަންގާފައިވަނީ އަމީރީގެ މުސާރައިގެ ތެރެއިން މިހާތަނަށް ދީފައިނުވާ 13،250 ޑޮލަރާއި، އެކަށީގެންވާ ސަބަބެއް ނެތި އެއްބަސްވުން ބާތިލް ކުރުމުން އަމީރީ އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 30،130 ޑޮލަރު ދެއްކުމަށެވެ.

އެ ފައިދާ އަމީރީ އަށް 45 ދުވަހުގެ ތެރޭގައި ދައްކަން، ފީފާ އިން ވަނީ ނިއު އަށް އަންގާފަ އެވެ. އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާފިނަމަ، އަދަބެއްގެ ގޮތުން ކުރިއަށް އޮތް ތިން ޓްރާންސްފާ ޕީރިއެޑުގައި އެ ކްލަބަށް އާ ކުޅުންތެރިއަކު ނުގެނެވޭނެ އެވެ.

އަމީރީގެ މުސާރަދޭން ފީފާ އިން ނިއު އަށް މުހުލަތެއް ދީފައިވާއިރު، އެ ކްލަބުގެ އިތުރު ކުޅުންތެރިންތަކަކަށް ދޭންޖެހޭ 3.8 މިލިޔަން ރުފިޔާ ނުދައްކާ އޮތުމުން އެފްއޭއެމުން ވެސް ވަނީ އެ ކްލަބް މިދިޔަ މަހު ފަހުކޮޅު ސަސްޕެންޑް ކޮށްފަ އެވެ.
ހިޔާލު