Kudakuhjaku rapekoh maraali dhe meehehge gayah badijahaa maraalaifi
image
ކުޑަކުއްޖާ ރޭޕްކޮށް މަރާލި މައްސަލާގައި އިއްޔެ ދެ މީހުންނަށް މަރުގެ އަދަބުދިނުމުގެ ތެރެއިން.-- ފޮޓޯ: ރޮއިޓާސް
4 ކޮމެންޓް
 

ކުޑަކުއްޖަކު ރޭޕްކޮށް މަރާލި ދެ މީހެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

ޔަމަނުގައި 12 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ވަގަށްނެގުމަށް ފަހު، ރޭޕްކޮށް، މަރާލި މައްސަލައެއްގައި ދެ މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އާންމުންގެ ކުރިމަތީގައި ބަޑިޖަހާ މަރާލައިފި އެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމުގެ ގޮތުން އިއްޔެ މަރާލާފައިވަނީ 28 އަހަރުގެ ވަދާއު ރެފަތު އަދި 31 އަހަރުގެ މުހައްމަދު ޚާލެދް އެވެ. މިދިޔަ އަހަރުގެ މެއި މަހު މުހައްމަދު ސާދު ކިޔާ ކުޑަ ފިރިހެން ކުއްޖާ ރޭޕްކޮށް މަރާލުމުގައި ބައިވެރިވިކަން ސާބިތުވި 33 އަހަރުގެ އަންހެނަކު މެރުމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ.

ނަމަވެސް އެ އަންހެން މީހާގެ ހުކުމް އިއްޔެ ތަންފީޒު ނުކުރީ، އޭނާ ބަނޑުބޮޑުވުމުން ކަމަށް މީޑިއާތަކުން ބުނެ އެވެ. މީޑިއާތަކުން ބުނާގޮތުގައި އެ އަންހެން މީހާ އަކީ އެ ކުއްޖާ މަރާލުމަށް ފަހު ހަށިގަނޑު ކުދިކޮށް ކޮށާލުމަށް އެ ދެ މަރުގެ އަދަބުދިން ދެ ފިރިހެނުންނަށް އެހީތެރިވި މީހެކެވެ.

ޔަމަނަކީ އެންމެ ގިނައިން މަރުގެ އަދަބު ތަންފީޒުކުރާ އެއް ގައުމެވެ. އެގޮތުން އެންމެ ގިނައިން އެ ގައުމުގައި މަރުގެ އަދަބު ތަންފީޒުކުރަނީ އާންމުގެ ތެރޭގައި، އެ މީހަކު ބަންޑުން ބޭއްވުމަށް ފަހު ބަޑި ޖަހައިގެންނެވެ.
ހިޔާލު

ފަހެއް

ސާބަސް ޔަމަނުގެ ފަޑިޔާރުންނަށް

ނަންބަރު

ޔަމަނުގައި އިސްލާމީ ޝަރީއަތުގެ ކަންކަން ޤާއިމް ކުރާތަން ފެނިފައި ހިތަށް ލިބޭ ފިނިކަމަށް ވުރެ، ސައްތައިން ސައްތަ އިސްލާމީ ޤައުމެއް ކަމަށް ދައުވާ ކުރާ ދިވެހިރާއްޖޭގައި އިސްލާމީ ޝަރީއަތުގެ ބަނޑޭރިގަނޑު އެކަނި ގެންގުޅޭތަން ފެނިފަ އަޅާ ވޭން މާބޮޑު.

މީހާ

ވަރައް ރަގަހު ހުކުމެއް

ބަރާބަރު

ތިގޮތަށް ޙުކުމް ތަންފީޒު ކުރާތަން ފެނުނީމަ، ހަމަ ޔަގީނުންވެސް. ރޭޕްކޮށް މީހުން މެރުން ވަރަށް ބޮޑަށް މަދުވާނެ އެވެ.