Actor Albert Finney maruvejje
image
އަލްބަޓް---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އެކްޓަރު އަލްބަޓް ފިންނޭ މަރުވެއްޖެ

އިނގިރޭސި ވިލާތުގެ މަޝްހޫރު އެކްޓަރު އަލްބަޓް ފިންނޭ މަރުވެއްޖެއެވެ.
އުމުރުން 82 އަހަރުގެ އަލްބަޓް މަރުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ބަލިކޮށް އުޅުމަށްފަހުގައެވެ. ގިނަ ބަޔަކަށް އެހަބަރާ އެކު ޝޮކެއް ލިބިފައިވާއިރު އަލްބަޓްގެ އާއިލާ އިން ވަނީ އެ ހިތާމަވެރި ވަގުތުގައި އެމީހުންނަށް އުދަނގޫ ވާގޮތަށް ކަންކަން ނުކުރުމަށް ދިމުމަށް އެދިފައެވެ.

އަލްބަޓް ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ސްކައިފޯލް"، އާއި "ބިގް ފިޝް"، އާއި "އެނީ"، އާއި "އަ ގުޑް އިޔާ"، އާއި "ލޫކާ" އާއި "ހުކާ" އާއި "އެމޭޒިން ގްރޭސް" އަދި "އެންޑްލެސް ގޭމް" ހިމެނެއެވެ.

އަލްބަޓަށް ވަނީ 2007 ވަނަ އަހަރު ކިޑްނީ ކެންސަރު ޖެހިފައެވެ. އެއަށްފަހު އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކެމެރާ އާ ދުރުވެފައެވެ. އަލްބަޓް ވަނީ ތިން ކައިވެންޏެއް ކޮށްފައެވެ. އަދި އޭނާގެ ފުރަތަމަ ކައިވެންޏަށް ވަނީ ދަރިއަކު ލިބިފައެވެ.
ހިޔާލު