Sidharth aai Tara rahtehi vegn ulhey kamuge aduthah
image
ސިދާތު އާއި ތާރާ---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ސިދާތު އާއި ތާރާ ރަހްޓެހި ވެގެން އުޅޭކަމުގެ އަޑުތައް

ބޮލީވުޑުގެ މަޝްހޫރު އެކްޓަރު ސިދާތު މަލްހޯތުރާ އާއި އެކްޓަރު ތާރާ ސުތަރިއާ ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ.
މިލިޕް މިލަން ޒަވޭރީގެ ކުރިއަށްއޮތް ފިލްމު "މަރްޖާވާން" ސިދާތާއި ތާރާ އެކުގައި ފެނިގެންދާއިރު ދެމީހުންގެ ދެމެދުގައި މިހާރު ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ. އެގޮތުން ދެމީހުން އެކުގައި މިހާރު ތަންތަނުން ފެންނަ ކަމަށް ވެސް ނޫސްތަކުން ވަނީ ބުނެފައެވެ.

ނަމަވެސް، އެދެމީހުންގެ ގުޅުމާ ބެހޭގޮތުން އަދި ރަސްމީކޮށް އެކަކުވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މީގެ ކުރިން ސިދާތާއި އެކްޓަރެސް ކިއާރާ އަދްވާނީގެ ދެމެދުގައި ވެސް ލޯބީގެ ގުޅުމެއް އޮންނަ ކަމަށް ވަނީ ވާހަކަ ފެތުރިފައެވެ. ނަމަވެސް ސިދާތު ވަނީ ފަހުން އެހަބަރު ދޮގުކޮށްފައެވެ.

"މަރްޖާވާން" ގައި ސިދާތާއި ތާރާގެ އިތުރުން ރިތޭޝް ދޭޝްމުކް ވެސް ފެނިގެންދާނެއެވެ. އެފިލްމު ނެރުމަށް ނިންމާފައިވަނީ އަންނަ މިއަހަރުގެ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހުއެވެ.

34 އަހަރުގެ ސިދާތު ބޮލީވުޑަށް ތައާރަފުވެފައިވަނީ 'ސްޓޫޑަންޓް އޮފް ދަ އިއަރ' އިންނެވެ. އެފިލްމަށް ބޮޑު ކާމިޔާބެއް ލިބުނުއިރު އޭނާ ވަނީ މިހާތަނަށް ނުވަ ފިލްމެއްގައި މަސައްކަތް ކޮށްފައެވެ.

ސިދާތު ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ހަސީ ތޯ ޕަސީ، އެކް ވިލަން، ބްރަދާސް، ކަޕޫރް އެންޑް ސަންސް، ބާރް ބާރް ދޭކޯ، އަ ޖެންޓަލްމެން، އިއްތިފާގް އަދި އަތްޔާރީ ހިމެނެއެވެ. އޭނާ ދެން ފެނިގެންދާނީ 'ޖަބަރިޔާ ޖޯޑީ' އިންނެވެ.

ތާރާއަކީ ލަވަކިޔުންތެރިއެއް އަދި ނެށުންތެރިއެއްވެސް މެއެވެ. އޭނާ ވަނީ ތާރޭ ޒަމީން ޕަރް އާއި ގުޒާރިޝް އަދި ޑޭވިޑް ފަދަ ފިލްމުތަކަށް ލަވަކިޔާފައެވެ. އެނާގެ ފުރަތަމަ ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔަރ 2" ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު މެއި މަހު 10 ގައެވެ. އެފިލްމުގައި ތާރާ އާއެކު އަނަންޔާ ޕާންޑޭ އަދި ޓައިގާ ޝްރޮފް ފެނިގެންދެއެވެ.
ހިޔާލު