Canada Miskithah Hamaladhee 6 meehun maraali meeha umurah Jalah
image
0 ކޮމެންޓް
 

ކެނެޑާ މިސްކިތައް ހަމަލާދީ ހަ މީހުން މަރާލި މީހާ އުމުރަށް ޖަލަށް

ކެނެޑާގެ ކެބެކް ސަރަހައްދުގެ 2017 ވަނަ އަހަރު މިސްކިތަކަށް ހަމަލާދީ ހަ މީހަކު މަރާލި އެލެގްޒެންޑާ ބިސޮނެޓް އުމުރަށް ޖަލަށްލުމަށް އެގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
ކެނެޑާގެ ޕްރޮސެކިއުޓާ އޮފީހުން އެދިފައި ވަނީ އެގައުމުގައި ޖަލަށް ލެވޭ އެންމެ ދިގު މުއްދަތު ކަމަށްވާ 150 އަހަރަށް ޖަލަށްލުމަށެވެ. އެހެން ނަމަވެސް ކެނެޑާގެ ކޯޓުން ހުކުމް ކޮށްފައި ވަނީ އުމުރަށް ޖަލަށް ލުމަށާއި އޭގެ ތެރެއިން 25 އަހަރު ވަންދެން ޕެރޯލްގެ އެއްވެސް ފުރުސަތެއް އެލެގްޒެންޑާއަށް ނުދިނުމަށެވެ.

ކެބެކްގެ އިސްލާމިކް ކަލްޗަރަށް ސެންޓަރަށް 29 މާރޗް 2017 ގައި ވަދެ އެލެގްޒެންޑާ ވަނީ ބަޑި ޖަހައި ހަ މީހަކު މަރާލައި އިތުރު ފަސް މީހަކު ޒަހަމް ކޮށްލާފައެވެ. ޒަހަމްވި މީހުންގެ ތެރެއިން އައިމަން ޑާބަލީ ނަމަކަށް ކިޔާ މީހަކު މިހާރުވެސް އޮތީ ހަށިގަނޑު ވާވެފައެވެ.

އެލެގްޒެންޑާ ވަނީ ކެބެކްގެ އިސްލާމިކް ސެންޓަރުގައި މި އަމަލު ހިންގީ އިސްލާމްދީނާއި ދެކޮޅު އަމަލެއްގެ ގޮތުގައި ނޫން ކަމަށް ބަުނެ، ހުރިހާ ކަމެއްގެ ޒިންމާ އުފުލާފައެވެ.

ކެނެޑާގެ ގާނޫނަށް 2011 ވަނަ އަހަރު ގެނެވުނު އިސްލާހާއެކު އެއް މަރަށްވުރެ ގިނަ މަރު ހިންގާފައިވާ ފަރާތްތަކަށް 25 އަހަރަށްވުރެ ދިގު މުއްދަތައް ޕެރޯލްގެ ފުރުސަތު ނުދެވޭ ގޮތަށް ޖަލަށް ހުކުމް ކުރުމަށް ފަނޑިޔާރުންނަށް އިހްތިޔާރު ލިބިގެންވެއެވެ.
މަރު ކެނެޑާ
ހިޔާލު