Gina baehge lothah mifaharu Alia ge hedhumah
image
އާލިއާ ބަޓް---
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

ގިނަ ބައެއްގެ ލޯތައް މިފަހަރު އާލިއާގެ ހެދުމަށް

ބޮލީވުޑުގެ މަޝްހޫރު ބަތަލާ އާލިއާ ބަޓަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ. ހާއްސަކޮށް ޒުވާން އަންހެން ކުދިންނަށް އާލިއާ އަކީ ނަމޫނާ އެކެވެ. އެހާ ޅަ އުމުރެއްގައި އެހާ ކާމިޔާބު ހޯދުމަކީ ނަމޫނާ އަކަށްވި އެއް ސަބަބުވެސްމެއެވެ.
ދާދި ފަހުން ގިނަ ބައެއްގެ ލޯތައް ހުއްޓިފައިވަނީ އާލިއާގެ ހެދުމަށެވެ. އާލިއާގެ ކުރިއަށް އޮތް ފިލްމު ޕްރޮމޯޓުކުރުމަށް ބޭއްވި އިވެންޓަށް އޭނާ ލާފައިހުރީ މަޑު ފިޔާތޮށި އަދި މަޑު ވިލު ފެހިކުލައިގެ ހެދުމެކެވެ.

ވިދުމެއް ހުންނަ އެހެދުމަކީ އާލިއާގެ ސްޓައިލިސްޓު އަމީ ޕަޓޭލް ތައްޔާރުކޮށްފައިވާ ހެދުމެކެވެ. ހެދުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިން މޭކަޕް އާލިއާ އަށް ކޮށްދީފައިވަނީ މޭކަޕް އާޓިސްޓް ޕުނީތު ބީ ސައިނީ އެވެ. އަދި އިސްތަށިގަނޑު ރީތިކޮށްދީފައިވަނީ އާލިއާގެ ހެއާ ސްޓައިލިސްޓު ޕްރިޔަންކާ ބޯކަރެވެ.
View this post on Instagram

💕 @aliaabhatt @floret.al 💕

A post shared by Ami Patel (@stylebyami) on



ގިނަ ބަޔަކަށް އެހެދުން ކަމުގޮސްފައިވާއިރު މިއީ އާލިއާ މީގެ ކުރިން ހެދުން އަޅާ ގޮތާ ބަލާނަމަ ވަރަށް ތަފާތުކޮށް ހެދުން އެޅި ފަހަރެކެވެ.

އުމުރުން 25 އަހަރުގެ އާލިއާ އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު ނެރުނު ފިލްމު ރާޒީ އިންނެވެ. އެފިލްމަށް ބޮޑު ކާމިޔާބެއް ލިބުނުއިރު އޭނާ ދެން ފެނިގެންދާނީ މިއަހަރު ނެރުނުމަށް ހަމަޖެހިފައިވާ ފިލްމް ގަލީ ބޯއީ، ކަލަންކް އަދި ބްރަހްމާސްޓްރާ އިންނެވެ.

އެފިލްމުތަކުގެ އިތުރުން ތަހުތު އަދި ސަދަކް 2 ގައި ވެސް އާއިލާ ފެނިގެންދާނެއެވެ. ނަމަވެސް އެފިލްމު ނެރޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ހިޔާލު

ޝަމް..

ހީވަނޫ ނިދާހެދުމެއްހެން