Shaviyani Feydhoo Anhenaku dhanjehen ulhefi
image
ށ. ފޭދޫ---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ށ. ފޭދޫގައި އަންހެނަކު ދަންޖެހިއްޖެ

ށ. ފޭދޫގަ އަންހެނަކު ދަންޖެހެން އުޅެނިކޮށް ސަލާމަތް ކޮށްފިއެވެ.
ސީއެންއެމް އަށް އެނގިފައިވާ ގޮތުގައި އެމީހާ ދަންޖެހިގެން މަރުވާން އުޅުނީ އުމުރުން 27 އަހަރުގެ އަންހެނެކެވެ. އަދި އޭނާ ދަންޖެހެން އުޅެނިކޮށް ފެނިފައިވަނީ އެނާގެ ފިރިމީހާ އަށް ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މިއަދު ހެނދުނު 10 ޖަހާކާއިރު އެމީހާ ދަންޖެހެން މަސައްކަތްކޮށްފައިވަނީ އެއަންހެން މީހާ ދިރިއުޅެމުން އަންނަ ގޭގެ ކޮޓަރި ތެރޭގައެވެ.

ފޭދޫ ހޮސްޕިޓަލުގައި އެމީހާ އަށް މިހާރު ފަރުމާ ދެމުންދާއިރު މަންޒަރު ދުން ބައެއް މީހުން ބުނާގޮތުގައި އެއަންހެން މީހާގެ ކަރުން އެވަގުތު ލޭ އައިސް ހުއްޓެވެ. އަދި އޭނާ ދަންޖެހެން އުޅެފައިވަނީ ގޭތެރޭ ހިނގި ހަމަނުޖެހުމަކާ ގުޅިގެން ކަމަށް ސީއެންއެމް އަށް ވަނީ އެނގިފައެވެ.
ހިޔާލު