MMPRC ge kureege MD Ziyath gey bandhah badhalu koffi
image
ކުރީގެ ނައިބު ރައީސް އަދީބު އަދި ޒިޔަތު (މ).-- ފޮޓޯ: ރައީސް އޮފީސް
1 ކޮމެންޓް
 

އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޒިޔަތު ގޭ ބަންދަށް ބަދަލުކޮށްފި

ރާއްޖޭގެ ތާރީހުގައި ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތް ހިންގި ކަމަށް ތުހުމަތު ކުރެވޭ ބޭފުޅުންގެ ތެރޭގައި ހިމެނޭ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭބަންދަށް ބަދަލުކޮށްފި އެވެ.
ޒިޔަތު ގޭ ބަންދަށް ބަދަލުކޮށްފައިވާކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިންވެސް ވަނީ ސީއެންއެމަށް ކަށަވަރު ކޮށްދީފަ އެވެ.

ކަރެކްޝަންގެ އޮފިޝަލަކު ސީއެމްއެމަށް ވިދާޅުވީ ޒިޔަތު ގޭ ބަންދަށް ބަދަލުކުރީ މިއަދު ކަމަށެވެ. ނަމަވެސް ޒިޔަތު ގޭ ބަންދަށް ބަދަލުކުރީ ކިހާ ދުވަހަކަށް ކަމެއް އަދި އެކަމުގެ އެއްވެސް އިތުރު މައުލޫމާތެއް އޮފިޝަލް ހާމައެއް ނުކުރައްވަ އެވެ.

އެމްއެމްޕީއާރުސީ އޮޑިޓް ރިޕޯޓުން ދައްކާގޮތުން އެކުންފުނީގެ ހިޔާނާތް 1.22 ބިލިއަން ރުފިޔާއަށް އަރައެވެ. ނަމަވެސް ރާއްޖޭގޭ މާލީ އިދާރާތަކުގައި ކުރިން މަސައްކަތް ކުރެއްވި އަދި އިގްތިސާދު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތް ތިނެއް ނުވަތަ ހަތަރު ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން ޒިޔަތުގެ އިތުރުން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވެސް ގިނަ ދައުވާތަކެއް އުފުލާފައި ވެއެވެ. އަދި ބައެއް ދައުވާތައް އެ ދެބޭފުޅުންގެ މައްޗަށް ސާބިތުވެ އެ ދެބޭފުޅުން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އަދި އިތުރު ގިނަ ދައުވާތަކެއް އަދީބާއި ޒިޔަތުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.
ހިޔާލު

އިބްރާ

ފައިސާތަށް އެމްޑީޕީއަށް އަނެއްކާ ދިނީތޯ؟