Keerti engage vejje
image
މޮހެނާ އާއި އޭނާ ކައިވެނި ކުރާ މީހާ--
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ކީރްތީ އެންގޭޖް ވެއްޖެ

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭގައި ކީރްތީގެ ރޯލުން ފެނިގެންދާ ތަރި، މޮހެނާ ކުމާރީ އެންގޭޖުވެއްޖެއެވެ.
އިއްޔެ މޮހޮނާ ފިލްމީ ދާއިރާއަށް ނިސްބަތް ނުވާ ސުޔޭޝް ރާވަތުއާ އެންގޭޖުކޮށްފައިވާއިރު އެހަފްލާ ބާއްވާފައިވަނީ ގޮނޑުދޮށެއްގައެވެ. އެހަފްލާގައި ދެފަރާތުގެ ވެސް އާއިލާ އާއި ރަހުމަތްތެރިން ވަނީ ބައިވެރިވެފައެވެ.

އެހަފްލާގައި މޮހެނާގެ ކޯ ސްޓާރުން ކަމަށްވާ މުހުސިން ހާން (ކާތިކް) އާއި ޝިވާންގީ ޖޯޝީ (ނައިރާ) ވެސް ވަނީ ބައިވެރިވެފައެވެ. އެންގޭޖްމެންޓު ހަފްލާގެ ފޮޓޯތައް މިހާރު އާންމު ވެފައިވާއިރު މޮހެނާއަށް އޭނާގެ ސަޕޯޓަރުން އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.މޮހެނާއަކީ މަދްޔާ ޕްރަދޭޝްގެ ރޭވާއަށް އުފަން ރޯޔަލް އާއިލާއަކަށް ނިސްބަތްވާ ފަންނާނެކެވެ. އޭނާ ކައިވެނި ކުރަން އުޅޭކަމުގެ އަޑުތައް ފެތުރިފައިވަނީ ސުޔޭޝް އާއެކު އެންގޭޖުމަންޓް ހަފުލާއެއްގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް އާންމުވުމާއި ގުޅިގެންނެވެ.

އެކަން ކަށަވަރުކޮށްދީ ކީރްތީ ބުނީ، މިއަހަރުގެ ފަހުކޮޅު އޭނާ ކައިވެނި ކުރަން ނިންމާފައިވީ ނަމަވެސް ކައިވެނީގެ ފަހުން ވެސް ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ ޝޯ އިން އޭނާ ފެންނާނެ ކަމަށެވެ. އެކަމަކު، ކައިވެންޏަށް ތައްޔާރުވުމަށް ބްރޭކެއް ނަގާނެ ކަމަށް ކީރްތީ ބުނެއެވެ.

ކައިވެނި ކުރަނީ ކޮން ދާއިރާއަކަށް ނިސްބަތްވާ މީހަކާކަން އޭނާ ހާމައެއް ނުކުރެއެވެ.

ދިވެހިންގެ މެދުގައި ވެސް މަގުބޫލު ޑްރާމެއް ކަމަށްވާ ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭގައި ކީރްތީ ފެނިގެންދަނީ ނަކްޝްގެ އަނބިމީހާގެ ރޯލުންނެވެ. އެގޮތުން އަސްލު ދިރިއުޅުމުގައި ވެސް ނަކްޝް (ރިޝީ ދޭވް) އާއި ކީރްތީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުތައް އެރި ނަމަވެސް، އެކަން ދޮގުކޮށް ނަކްޝް ބުނީ، އެދެމީހުންނަކީ ގާތް ރަހުމަތްތެރިން ކަމަށެވެ.
ހިޔާލު