Innamaadhoo in 2 Maavaharu Hovaifi, libey Faisaa Miskitheh elhumah
image
ރ. އިންނަމާދޫން އިއްޔެ ހޮވި ދެ މާވަހަރު--
މާއިދާ މުހައްމަދު ރަޝާދު
3 ކޮމެންޓް
 

އިންނަމާދޫން ދެ މާވަހަރު ހޮވައިފި، ލިބޭ ފައިސާ މިސްކިތެއް އެޅުމަށް

ރ. އިންނަމާދޫން ލައްޓި ބާނަން އުޅުނު ހަތަރު މީހަކު، ދެ މާވަހަރު ހޮވައިފި އެވެ.
އެތަނުން މީހަކު ސީއެންއެމްއާ ވާހަކަ ދައްކަވަމުން ބުނީ، އެ ދެ މާވަހަރު ވެސް ފެނުނީ އިއްޔެ އިރުއޮއްސުންހާއިރު ރަށް ކައިރީގައި ލައްޓި ބާނަން އުޅެނިކޮށް ކަމަށެވެ. އެގޮތުން ދެ ވަނަ މާވަހަރު ފެނުނީ ފުރަތަމަ މާވަހަރު ފެނި އޭތި އެއްގަމަށް ގެނައުމަށް ފަހު އަނެއްކާ ވެސް ދޮށި އުކަން ތިއްބާ ކަމަށް އޭނާ ބުނެއެވެ.

އެމީހާ ބުނީ، އެކަތީގެ ބަރުދަނުގައި 200 ގްރާމު ހުރިއިރު ދެ ވަނަ އެތީގެ ބަރުދަނުގައި 300 ގްރާމު ހުރި ކަމަށެވެ. އަދި އެއީ މާވަހަރެއް ކަމަށް ރަށުގެ އިސްވެރިން ބުނާ ކަމަށާއި އެތަނުން އެއް މާވަހަރަކީ ހުދަން ބަރެއް ކަމަށް ވެސް އޭނާ ބުނެއެވެ.

އޭގެ އިތުރުން އެމީހާ ބުނީ، އެއީ މާވަހަރަކަށް ވެއްޖެނަމަ އެ ވިއްކައިގެން ލިބޭ ފައިސާ ރަށު ކައުންސިލުން މިހާރު އެރަށުގައި ތަރައްގީ ކުރަމުން އަންނަ މިސްކިތް ބިނާ ކުރުމުގެ މަސައްކަތްތައް ހޭދަކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ހަތަރު މީހުން ވެސް އެއްބަސްވެފައިވާ ކަމަށް އެމީހާ ބުނެއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ވެސް އެރަށު ގޮނޑުދޮށަށް މަސްބާނަން ގޮސް ހުރި 14 އަހަރުގެ ކުއްޖަކަށް މާވާހަރެއް ފެނިފައިވެއެވެ. އެގޮތުން ބަރުދަނުގައި 220 ގްރާމު ހުރި އެމާވަހަރަކީ ހުދަންބަރެކެވެ.
ހިޔާލު

ކަޅަންބަރު

ވަރަށް ގިނަ މީހުން މިސްކިތް އަޅާ ވާހަކަ ބުނޭ. ފައިސާ ލިބުނީމާ ކުރަންޖެހޭ ކަންކަންގިނަވަނީ. މިފަހަރު ރަގަޅުވާނެ. އިންޝާﷲ

ނަސީބު އަވެލީ

ވަރަށް ނަސީބު ގަދަ ބައެއް އުޅޭ ރަށެއް ތީ މި އަހަރު 2 ވަނަ މާ ވަހަރު ނަސީބު ގަދައެއް ނޫން ތަ.

މަލަކުރި

ﷲ އަކުބަރު، މާތް ﷲ އީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެ ތިމާއަށް ނުވެސް އިނގޭގޮތަށް އެކަލާނގެ ނިޢުމަރް އިތުރުކޮށްދެއްވައި ރިޒުޤު ދެއްވައެވެ.