Preity ge firimeeha eyna ah thafaathu Helicopter eh dheefi
image
ޕްރިތީ އާއި އޭނާގެ ފިރިމީހާ ޖީން---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ޕްރިތީގެ ފިރިމީހާ އޭނާއަށް ތަފާތު ހެލިކޮޕްޓަރެއް ދީފި

ޕްރިތީ ޒިންޓާގެ ފިރިމީހާ ޖީން ގުޑްއިނަފް އޭނާއަށް ތަފާތު ހެލިކޮޕްޓަރެއް ދީފިއެވެ.
ޕްރިތީ އާއި ޖީންގެ ކައިވެންޏަށް މިމަހު 29 ގައި ތިން އަހަރު ފުރޭއިރު ކައިވެންޏަށް ތިން އަހަރު ފުރުމާ ގުޅިގެން ޖީން ޕްރިތީއަށް ހެލިކޮޕްޓަރެއް ދޭނެ ކަމަށް ބުނެފައިވާއިރު ޕްރިތީ އަށް ވަނީ އިއްޔެ އެ ހެލިކޮޕްޓަރު ލިބިފައެވެ.

އިއްޔެ ޓުވިޓާ މެދުވެރިކޮށް ޕްރިތީ ބުނީ ޖީން އޭނާ އަށް ހެލޮކޮޕްޓަރު ދޭ ވާހަކަ ބުނުމުން އެކަމާ ހުރީ ވަރަށް އުފާވެފަކަމަށެވެ. ނަމަވެސް އެ ހެލިކޮޕްޓަރު ފެނުމާއެކު މޫނު މަތިން ކުލަވަރު ބަދަލުވެގެން ދިޔަކަމަށް ޕްރިތީ ވަނީ ބުނެފައެވެ. ޕްރިތީގެ ފިރިމީހާ އޭނާއަށް ދީފައިވަނީ ކުޅޭ ކުޅޭ ހެލިކޮޕްޓަރެކެވެ.

އެހެލިކޮޕްޓަރުގެ ފޮޓޯއެއް ޕްރިތީ ހިއްސާކޮށްފައިވާއިރު އެފޮޓޯއިން ޖީން ވެސް ފެނިގެންދެއެވެ.


ޕްރިތީ ވަނީ ކާމިޔާބު ފިލްމުތައް ކަމަށްވާ "ކަލް ހޯ ނަ ހޯ"، "ކޮއި މިލް ގަޔާ"، "ވީރް ޒާރާ"، "ކިޔާ ކެހެނާ"، ""ދިލް ހޭ ތުމްހާރާ"، "ފަރްޒް" އަދި 'ސޯލްޖާ' ފަދަ ފިލްމުތަކުން ފެނިފައެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ "ބައްޔާޖީ ސުޕަހިޓް" އިންނެވެ.
ހިޔާލު