Huhdhanethi Party thakuge kula beynunkuraa faraithakah EC in fiyavalhu alhanee
image
1 ކޮމެންޓް
 

ހުއްދަނެތި ޕާޓީތަކުގެ ކުލަ ބޭނުންކުރާ ފަރާތްތަކަށް އީސީން ފިޔަވަޅު އަޅަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕޭން ކުރައްވާ ފަރާތްތަކުން ހުއްދަ ނެތިވެ، ޕާޓީތަކުގެ ކުލަ ބޭނުން ކުރަމުންދާ މައްސަލާގައި ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަނުން ބުނެފިއެވެ.
އިލެކްޝަން ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީއަކުން ސިޔާސީ ހަރަކާތްތަކުގައި ރަސްމީކޮށް ބޭނުންކުރާ ކުލަ، އެހެން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ފަރާތްތަކުން އެޕާޓީގެ ހުއްދަ ނެތި ބޭނުންކުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ.


ޝަރީފް އިތުރަށް ވިދާޅުވީ ޝަކުވާ ހުށަހެޅުމުގެ ނިޒާމް މިހާރު ގާއިމް ކުރެވިފައިވާ ކަމަށާއި، ހުށަހަޅާ ޝަކުވާ ތަކަށް އީސީ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އިސްލާހު ނުވެއްޖެނަމަ ފުލުހުންގެ އެހީ ހޯދޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.


ޝަރީފް މިހެން ވިދާލުވެފައިވާއިރު، އެމްޑީޕީގެ ކުލަ އާއި ލޯގޯ ބައެއް ފަރާތްތަކުން ކެމްޕޭނުގައި ބޭނުން ކުރަމުންދާ ކަމުގެ ޝަކުވާ ލިބި އެކަމާއި ގުޅިގެން ރައީސް ނަޝީދުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ޕާޓީ ޓިކެޓް ލިބިފައިވާ ފަރާތް ފިޔަވައި އެހެން ފަރާތްކަށް ވޯޓް ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް، އަދި ހުދު އެމަނިކުފާނުވެސް ވިދާޅުނުވާނެ ކަމަށެވެ.

ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ނަންފުޅު ބޭނުންކޮށް ބައެއް ފަރާތްތަކުން ކެމްޕޭން ކުރަމުންދާތީ އެކަމުގެ ކަންބޮޑުވުންވެސް އެމްއާރުއެމުން ވަނީ ފާޅުކޮށްފައެވެ. އެގޮތުން ބައެއް ފަރާތްތަކުން، ރައީސް މައުމޫނުގެ ސަޕޯޓަރުންނަށް ގުޅާ ތިމަންނައަށް ރައީސް މައުމޫނު ތާއީދު ކުރާ ކަމަށް ބުނެ އޮޅުވާލަމުންދާ ކަމަށް އެމްއާރުއެމުން ވަނީ ބުނެފައެވެ.
ހިޔާލު

ނައްކަވާރު

ކުލަފޮށީގެ ހުރިހަ ކުލަޔަކަށް ޕާޓީ ހަދައިގެން އުޅޭ ކުޑަކުޑަ ގައުމެއްގަ މި އަންގަނީ ޕާޓީގެ ހުއްދަ ނެތި ކުލަ ބޭނުން ނުކުރަން. ދެން މިޖެހުނީ ޕާޓީއެއްގެ ކުލައިން އެއްޗެއް ލެވިގެން ކުއްވެރިވެދާނެތީ އެއްޗެއް ނުލާ އޮރިޔާމުން އުޅެން. ބޯ ހަލާކު.