Palak aai Tapasvi kaiveni koffi
image
ތަޕަސްވީ އާއި ޕަލަކް---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ޕަލަކް އާއި ތަޕަސްވީ ކައިވެނިކޮށްފި

މަޝްހޫރު ޓީވީ އެކްޓަރެސް ޕަލަކް ޖެއިން އޭނާގެ ލޯބިވެރިޔާ އަދި ޓީވީ އެކްޓަރު ތަޕަސްވީ މެހްތާ ކައިވެނިކޮށްފިއެވެ.
އިންދޯރުގެ އެކްޒޯޓިކާ ހޮޓަލުގައި ޕަލަކް އާއި ތަޕަސްވީ މިއަދު ކައިވެނިކޮށްފައިވާއިރު އެހަފްލާގައި ބައިވެރިވެފައިވަނީ ދެފަންނާނުންގެ ވެސް އައިލާ މީހުންނާއި ގާތް ރަހުމަތްތެރިން ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

އުމުރުން 24 އަހަރުގެ ޕަލަކް އާއި އުމުރުން 26 އަހަރުގެ ތަޕަސްވީގެ ކައިވެނީގެ ފޮޓޯތައް މިހާރު އާންމު ކޮށްފައިވާއިރު ދެފަންނާނުންގެ ވެސް ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ތަހުނިޔާ ކިޔަމުންނެވެ.

މީގެ ކުރިން އެދެފަންނާނުން ކައިވެނިކުރަން ނިންމާފައިވަނި މިމަހު 28 ގައެވެ. ނަމަވެސް ކައިވެނީގެ ތާރީހު އަވަސްކޮށްފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ޕަލަކް އެންމެ ފަހުން ފެނިގެންދިޔައީ ލާޑޯ 2 އިންނެވެ. ޕަލަކް ވަނީ ކުރީގެ މަޝްހޫރު ޝޯ "ސުނޭނާ" އިން ލީޑު އެކްޓަރެސްގެ ރޯލުން ފެނިފައެވެ. ޕަލަކް ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި ބަރްސާތު، ތެހްޒީބް، ޕަހޭލީ އަދި ވާހް! ލައިފް ހޭ ތޮ އޭސާ ހިމެނެވެ.

ތަޕަސްވީ ފެނިގެން ދިޔަ ބައެއް ޓީވީ ޝޯތަކުގެ ތެރޭގައި ޕަރްވަރިޝް، ޕަރްވަރިޝް: ކުޗް ކައްޓާ ކުޗް މީޓާ އަދި އިޝާން: ސަޕްނޯ ކޯ އަވާޒް ދޭ ހިމެނެއެވެ. ތަޕަސްވީ ވަނީ ސާވްދާން އިންޑިއާގެ އެޕިސޯޑުތަކުން ވެސް ފެނިފައެވެ.
ހިޔާލު