Felivarugai kaanaa vihavi bayakah faruvaadhenee
image
ފެލިވަރު: ކާނާ ވިހަވީ ފަސް މީހުން.-- ފައިލް ފޮޓޯ
1 ކޮމެންޓް
 

ފެލިވަރުގައި ކާނާ ވިހަވި ބަޔަކަށް ފަރުވާދެނީ

ފެލިވަރުގައި ކާނާ ވިހަވެގެން ބަޔަކަށް ފަރުވާދެމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.
އެނގިފައިވާ ގޮތުގައި މިއަދު ކާނާ ވިހަވެފައިވަނީ ފެލިވަރުގައި މަސައްކަތް ކުރާ ފަސް މީހެކެވެ. އަދި އޭގެ ތެރެއިން ތިން މީހަކަށް މިހާރު އަންނަނީ ފަރުވާދެމުންނެވެ.

ހެލްތް މިނިސްޓްރީން ބުނީ އެ މައްސަލަ ބެލުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.

މިކަމާ ގުޅޭގޮތުން ފެލިވަރު ހިންގާ މިފްކޯ އިން ބުނީ، ފެލިވަރުގައި ބަޔަކު ކާނާ ވިހަވި ކަމަށް ބުނާ ހަބަރަކީ ފުރިހަމަ މައުލޫމާތު ނުހޯދާ ފެތުރެމުން އަންނަ ހަބަރެއް ކަމަށެވެ. އަދި އެ ތަނަކީ ސާފުތާހިރުކަމަކީ ބައިނަލްއަގުވާމީ މިންގަނޑުތަކުގައި ބަލަހައްޓަމުން އަންނަ ތަނެއް ކަމުން، ފެލިވަރުގައި އެފަދަ ކަމެއް ހިނގުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ.
ހިޔާލު

ބަޑެކްސއ

ހަގީގަތުގައި އެމީހުންގެ ލިވިންގ ކޮންޑިޝަން ވަރަށް ދަށް. ފެލިވަރުން ބަލިވެެގެން އަންނަ މީހުން އެޑްމިޓް ކުރާއިރުވެސް ތިން މީހުން ހަތަރު މީހުން އެއްފަހަރާ އެޑްމިޓް ކުރޭ.