FAMge verin badhalukuran congress eh beyhvumah 19 club akun edhihje
image
އެފްއޭއެމްގެ ރައީސް ބައްސާމް: 24 ކްލަބުގެ ތެރެއިން 19 ކްލަބަކުން ވަނީ ކޮންގްރެސް ބާއްވަން ސޮއި ކޮށްފަ.-- ފޮޓޯ: ސަން/ފަޔާޒް މޫސާ
0 ކޮމެންޓް
 

އެފްއޭއެމްގެ ވެރިން ބަދަލުކުރަން ކޮންގްރެސް ބޭއްވުމަށް 19 ކްލަބަކުން އެދިއްޖެ

އެފްއޭއެމްގެ ވެރިން ބަދަލުކުރުމަށް އެކްސްޓްރާއޯޑިނަރީ ކޮންގްރެސް އެއް ބާއްވައިދޭން ގިނަ ކްލަބުތަކެއްގެ ތާއީދާ އެކު ވިކްޓްރީ ސްޕޯޓްސް ކްލަބުން މިއަދު ހުށަހަޅައިފި އެވެ.
ވިކްޓްރީން މިއަދު އެކަމަށް އެދުނީ އެފްއޭއެމް އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބޭ 24 ކްލަބުގެ ތެރެއިން 19 ކްލަބެއްގެ ސޮއި ހޯދައިގެންނެވެ.

ކްލަބުތަކުގެ ސްޕަ މެޖޯރިޓީއަކާ އެކު ވިކްޓްރީން އެފްއޭއެމްގެ ވެރިން ބަދަލުކުރަން ކޮންގްރެސް ބާއްވަން އެދުނު އިރު ދާދިފަހުން ނިއުރޭޑިއަންޓުން ވެސް ވަނީ އެކަމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ކްލަބްތަކުގެ ތާއީދު ހޯދަމުން ދަނިކޮށް، ކުޅުންތެރިންނަށް މުސާރަނުދޭ މައްސަލާގައި އެފްއޭއެމުން ނިއު ސަސްޕެންޑް ކުރުމުން އެ މަސައްކަތް މަޑުޖެހުނީ އެވެ.

ގިނަ ކްލަބުތަކުން އެފްއޭއެމްގެ ވެރިންނާމެދު ހިތްހަމަ ނުޖެހިފައިވާއިރު، ދާދިފަހުން އެފްއޭއެމާއި ޔޫތު މިނިސްޓްރީއާ ދެމެދު ވެސް ވަނީ ހިޔާލުތަފާތުވުންތައް އުފެދިފަ އެވެ.
ހިޔާލު