Transport ah deputy ministeraku ayyan kohfi
image
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ: މިހަރު އެ މިނިސްޓްރީގައި ދެ ސްޓޭޓް އަދި ތިން ޑެޕިއުޓީ މިނިސްޓަރުން ތިއްބަވާނެ.-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ޓްރާންސްޕޯޓަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަން ކޮށްފި

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް އިތުރު ޑެޕިއުޓީ މިނިސްޓަރަކު މިއަދު އައްޔަން ކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރެއްވީ ސ. ހުޅުދޫ، ބްލޫބެލް، ޝިމާޒު އަލީ ކަމަށެވެ.

އޭނާ އަކީ ކޮމަންވެލްތް މީޑިއާ ޑިވެލޮޕްމަންޓް ވޯކްޝޮޕުގައި ބައިވެރިވެފައިވާ ބޭފުޅެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ޝިމާޒު ވަނީ ފިޝަރީޒް މިނިސްޓްރީ އާއި މެރިން ރިސޯސްގައި ޕްރޮގްރާމް އޮފިސަރެއްގެ މަގާމު އަދާކޮށްފަ އެވެ. އަދި އޭނާ ވަނީ ފުޓްބޯލް އެސޯސިއޭޝަންގެ މީޑިއާ އޮފިސަރުގެ މަގާމު ވެސް އަދާކޮށްފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި މިހާރު ޝިމާޒުގެ އިތުރުން ޑެޕިއުޓީ މިނިސްޓަރުގެ ގޮތުގައި ތިއްބަވަނީ ހިދާޔާ ނަސީރު އާއި ހަމަދު އަބްދުލްގަނީ އެވެ.

އޭގެ އިތުރުން އެ މިނިސްޓްރީގައި ދެ ސްޓޭޓް މިނިސްޓަރުން ތިއްބަވަ އެވެ. އެއީ އަހުމަދު އާދިލް އާއި އަހުމަދު ޒުހައިރު އެވެ.
ހިޔާލު