African Union ge chairman akah Sisi
image
އެފްރިކަން ޔޫނިއަންގެ ޖަލްސާގައި މިސްރުގެ ރައީސް ސީސީ.-- ފޯޓޯ: އޭއެފްޕީ
0 ކޮމެންޓް
 

އެފްރިކަން ޔޫނިއަންގެ ޗެއާމަނަކަށް ސީސީ

އެފްރިކަން ޔޫނިއަންގެ އާ ޗެއާމަނަކަށް މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް-ސީސީ އިންތިހާބުކޮށްފި އެވެ. Dhiraagu
އިތޯޕިޔާގައި އިއްޔެ ބޭއްވި އެފްރިކަން ޔޫނިއަންގެ ޖަލްސާގައި ސީސީ އެ މަގާމަށް އިންތިހާބުވުމާ ގުޅިގެން ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި އެންމެ ބޮޑު ސަމާލުކަމެއް ދެއްވަނީ އެފްރިކާ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ކަމަށެވެ.

އެއް އަހަރުގެ މުއްދަތަށް ޗެއާމަންކަން ކުރައްވާއިރު، އެފްރިކަން ޔޫނިއަންގެ އެޖެންޑާގައި ކަންކަން ހިމެނުމާއި ޖަލްސާތައް ބޭއްވުމުގެ ބާރުތައް އޮންނާނީ ޗެއާމަންގެ އަތުގަ އެވެ.

ސީސީ އެ މަގާމަށް އިންތިހާބުވުމުގެ ކުރިން އެފްރިކަން ޔޫނިއަންގެ ޗެއާމަނަކަށް ހުންނެވީ ރުވާންޑާގެ ރައީސް ޕޯލް ކަގޭމް އެވެ. އޭނާގެ ދައުރުގައި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވުނީ ކޮންގޯގެ ރިޔާސީ އިންތިހާބު ނަތީޖާ އޮޅުވާލި މައްސަލަ އެވެ.

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް އެފްރިކަން ޔޫނިއަންގެ ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގެންނެވުމުގެ ތެރޭގައި އަވަހާރަކޮށްލަން ހަމަލާއެއް ދިނުމާ ގުޅިގެން މިސްރުގެ ރައީސުން އެފްރިކަން ޔޫނިއަންގެ ޖަލްސާތަކުގައި ބައިވެރިވުން 1995 ވަނަ އަހަރުން ފެށިގެން ސީސީގެ ވެރިކަމާ ހަމައަށް އޮތީ ހުއްޓާލާފަ އެވެ.

އެހެންކަމުން ސީސީ އަށް އެފްރިކަން ޔޫނިއަންގެ ޗެއާމަންކަން ލިބުމުން، އަލުން މިސްރުގެ ބައިވެރިވުން އެފްރިކަން ޔޫނިއަންގެ ޖަލްސާތަކުގައި އިތުރުވެގެން ދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
މިސްރު އެފްރިކާ
ހިޔާލު