Felivaru muvahzafun Doctor ah dhehkee Beyrah hingaathee
image
ފެލިވަރު މުވައްޒަފުންތަކެއް--
0 ކޮމެންޓް
 

ފެލިވަރު މުވައްޒަފުން ޑޮކްޓަރަށް ދެއްކީ ބޭރަށް ހިންގާތީ

ފެލިވަރުގައި ކާނާ ވިހަވެގެން ބަޔަކު ފަރުވާ ހޯދިކަމަށް ބުނާ ހަބަރަކީ ހަގީގަތާއި ހިލާފު ހަބަރެއް ކަމަށާއި ބައެއް މުވައްޒަފުން ޑޮކްޓަރަށް ދެއްކީ ބޭރަށް ހިންގާތީ ކަމަށް ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް ހިންގަމުން އަންނަ މިފްކޯގެ ތަރުޖަމާނު އައިޝަތު ރިޔާޒާ ވިދާޅުވެއްޖެއެވެ.
ސީއެންއެމްއާ ވާހަކަ ދައްކަވަމުން ރިޔާޒާ ވިދާޅުވީ، އެތަނުގައި މަސައްކަތް ކުރާ ތިން މީހަކު ނައިފަރު ހޮސްޕިޓަލުން ފަރުވާ ހޯދާފައި ވަނީ ބޭރަށް ހިންގުން ޖެހިގެންނެވެ. އެކަމަކު، ހެލްތު މިނިސްޓްރީން އެކަމުގެ ހަގީގަތް ނޭނގި ޓްވީޓުކޮށްފައި ވަނީ އެތަނުގެ ބަހެއް ނެތި ކަމަށް ވެސް ރިޔާޒާ ވިދާޅުވި އެވެ.

ހަތް ސަތޭކައެއްހާ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ފެލިވަރުގައި ކޮންމެ ގަޑިއަކު ވެސް ކެއުން ތައްޔާރުކޮށްފައި ހުންނައިރު އެ ތަނުގެ ސާފުތާހިރުކަމަކީ ބައިނަލްއަގުވާމީ މިންގަނޑުތަކުގައި ބަލަހައްޓަމުން އަންނަ ތަނެއް ކަމުން، އެފަދަ ކަމެއް ހިނގުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް މިފްކޯ އިން ބުނެއެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލް ޓްވީޓާ އެކައުންޓު މެދުވެރިކޮށް ފެލިވަރުގައި ބަޔަކު ކާނާ ވިހަވެގެން އުޅޭ ކަމުގެ މައުލޫމާތު ހާމަކުރިއިރު އެ މައްސަލަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބަލަމުން އަންނަ ކަމަށް ވެސް ބުނެއެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑެންގޫގެ އިތުރުން ބޭރަށް ހިންގުން ފެތުރެމުން އަންނަ ދުވަސްކޮޅެއް ވެސް މެއެވެ.
ހިޔާލު