Loabiveringe dhuvahuge hadhiya akah "Heeleemaa again"
image
"ހީލީމާ"ގެ މަންޒަރަކާއި "ހީލީމާ އެގެއިން" ގެ ޕޯސްޓަރެއް---
ފައުޒާ މުހައްމަދު
2 ކޮމެންޓް
 

ލޯބިވެރިންގެ ދުވަހުގެ ހަދިޔާއަކަށް "ހީލީމާ އަގެއިން"!

"ހީލީމާ" އަކީ 2016 ވަނަ އަހަރު ނެރެނު ލަވައެކެވެ. ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު އެލަވައިގެ ދެވަނަ ލަވަ "ހީލީމާ އަގެއިން" ލޯބިވެރިންގެ ދުވަހު (14 ފެބުރުއަރީ) ގައި މިވަނީ ނެރުމަށް ނިންމާފައެވެ.
ލަވައިގެ މަންޒަރުތައް މާލެ އާއި ހުޅުމާލެ އަދި ވިލިގިލީގެ އިތުރުން ރާއްޖޭގެ ބައެއް ރަށްތަކުގައި ނަގާފައިވާއިރު ހީލީމާގެ ފުރަތަމަ ލަވައަށްވުރެ މިލަވަ ރީތި ވެފައި ތަފާތުވާނެ ކަމަށް ލަވައިގެ ޑައިރެކްޓަރު އަޒްހާން އިބްރާހިމް ވަނީ ބުނެފައެވެ.

"ހީލީމާ އަގެއިން" ގައި ފެނިގެންދާނީ ޒުވާން ދެ މޮޑެލުން ކަމަށްވާ މުހައްމަދު އިޝްފާން އަދި ޖަމްޝީދާ ޖަމްޝީދެވެ. މިއީ މިދެފަންނާނުންވެސް އެދާއިރާއަށް ނިކުތް ފުރަތަމަ ފަހަރެވެ. އެލަވަ ކިޔާފައިވަނީ ލަމްހާ ލަތީފާއި މޯލްޑިވިއަން އައިޑޮލް ސީޒަން ތިނަކުން ވިދާލި ރައިހާން އާދަމެވެ.

ހީލީމާގެ ފުރަތަމަ ލަވައިން އައްޒަ އާއި ޖުމާ ފެނިގެންދިޔައިރު އެލަވަ އަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ. 2015 އަހަރު ނެރެނު ބޮލީވުޑު ފިލްމު "ދިލްވާލޭ" ގެ ލަވައެއް ކަމަށްވާ "ގޭރުއާ"ގެ ކޮޕީ ލަވައެއް ކަމަށް ބުނާ "ހީލީމާ" އަކީ މިހާތަނަށް ރާއްޖޭގައި އެންމެ ބޮޑު ހަރަދެއް ކޮށްގެން ހެދި ފުރަތަމަ ވީޑިއޯ ލަވައެވެ.

ތިން ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި އެ ލަވަ ކިޔާފައިވަނީ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ގަނީ (ތޭރަވާ)އެވެ.
ހިޔާލު

ޙިޔާލު

ސުވާލަކީ ރާއްޖޭގައި ލޯބިވެރިންގެ ދުވަސް ފާހަގަ ކުރެވޭ ޙޭ... ޭޭޭޭޭ
ޢެޢީ ބޮޑު މުންކަރާތެއް ނުންތޯ..،

ޖޭޑީ

ޙެޔޮޮ އަމަލެއް ކުރިނަމަ ކޮން ފަދަ