Defense minister Maria Majileehah haaziru kuran edhefi
image
ޑިފެންސް މިނިސްޓަރ މާރިއާ: ސިފައިންގެ އިވެންޓެއް ޝަރަފްވެރިކޮށް ދެއްވަނީ
0 ކޮމެންޓް
 

ޑިފެންސް މިނިސްޓަރު މާރިއާ މަޖިލީހަށް ހާޒިރު ކުރަން އެދެފި

ޑިފެންސް މިނިސްޓަރ މާރިއާ އަހުމަދީދީ، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އެދިވަޑައިގަންނަވައިފި އެވެ.
ޑިފެންސް މިނިސްޓަރ މާރިއާ މަޖިލޫހަށް ހާޒިރުކޮށް، ޖަވާބުދާރީ ކުރުވުމަށް މެމްބަރު ތޯރިގް އެދިވަޑައިގަންވާފައި ވަނީ އިންޑިއާއާއި ރާއްޖެއާ ގުޅޭގޮތުން ދާދި ފަހުން ދެއްކެވި ވާހަކަތަކަކާ ގުޅިގެން ނެވެ.

މާރިއާ މަޖިލީހަށް ހާޒިރު ކޮށްދިނުމަށް މެމްބަރު ތޯރިގް އެދިފައިވާއިރު، ޑިފެންސް މިނިސްޓްރީން ވަނީ އިންޑިއާގެ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ޑިފެންސް މިނިސްޓަރު މާރިޔާ ދެއްވި އިންޓަވިއުގައި ދެއްކި ވާހަކަތަކުގެ މާނަ ބައެއް ފަރާތްތަކުން އޮޅުވާލާފައިވާ ކަމަށް ބުނެ ބަޔާނެއްވެސް ނެރެފަ އެވެ.

މިދިޔަ މަހުގެ ފަހުކޮޅު މިނިސްޓަރު މާރިއާ އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިން އެސްއެންއައި އަށް ދެއްވި އިންޓަވިއުގައި، އިންޑިއާ އިން ރާއްޖެ ހިފުމުގެ ވިސްނުން ނުގެންގުޅު ނަމަވެސް، އެ ގައުމުން ބޭނުންވެއްޖެ ނަމަ ރާއްޖެ ހިފިދާނެ ކަމަށް މިނިސްޓަރު ވިދާޅުވުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.

އެކަމާ ގުޅޭގޮތުން ޑިފެންސުން ނެރުނު ބަޔާނުގައި ވަނީ ބައެއް މީޑިއާތަކުން އެ އިންޓަވިއުގެ ބައެއް އުނިކޮށްގެން ހަބަރު ފަތުރާފައި ކަމަށެވެ. އަދި އެއީ ގައުމުގެ ސުލްހަ މަސަލަސްކަން ގެއްލުވާލައި، ސިޔާސީ މަންފާ ހޯދުމަށް ކުރަމުން އަންނަ ކަމެއްގެ ގޮތުގައި ޑިފެންސުން ވަނީ ސިފަކޮށްފަ އެވެ.

"[އިންޓަވިއުގައި މިނިސްޓަރު ވިދާޅުވީ] ރާއްޖެ އާއި އަވަށްޓެރި އިންޑިއާ އަކީ ޒަމާނުއްސުރެ އެއް ގައުމު އަނެއް ގައުމު މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލާށް އިހްތިރާމްކޮށް، އެކުވެރިކަމާއެކު އުޅޭ ދެ ގައުމު ކަމާއި އިންޑިއާގެ އަސްކަރިއްޔާގެ ހައިބަތު ކިތަންމެ ބޮޑު ކަމުގައިވިޔަސް އަބަދުވެސް ދެ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އިހްތިރާމް ކުރާ ކަން،" އެމްއެންޑީއެފްގެ ބަޔާނުގައި ބުނެ އެވެ.

މިނިސްޓަރު މާރިޔާ އެ އިންޓަވިއުގައި އިތުރަށް ވިދާޅުވެފައި ވަނީ ރާއްޖެ އާއި އިންޑިއާގެ ސިޔާސަތުތައް ބައްޓަންވެފައި ހުރީ ދެ ގައުމުގެ މިނިވަންކަމަށް ބުރޫ ނާރާ ގޮތަށް، އިންޑިއާ ކަނޑުގެ ސުލްހަ އަށް ކަމަށެވެ.


މެމްބަރު ތޯރިގު މިނިސްޓަރަށް ކުރުމަށް ފޮނުވާފައިވާ ސުވާލުގައި އައްސަވާފައިވަނީ، ޑިފެންސް މިނިސްޓަރުކަމުގައި ހުންނަވައިގެން މިނިސްޓަރު މާރިޔާ ފާޅުކުރައްވަމުންދާ ސިޔާސަތުތައް ނުވަތަ ދައްކަވަމުން ގެންދަވާ ވާހަކަތަކުން، މިނިސްޓަރުގެ މައްޗަށް މަތިކޮށްފައިވާ ގާނޫނީ އެންމެ ބޮޑެތި ޒިންމާތައް އަދާކުރެވޭކަމަށް ދެކެވަޑައިގަންނަވާތޯ އެވެ.
ހިޔާލު