Hukumai egghothah Maumoonge Hatharu Beyfulhun Faisaa dhakkavaifi
image
ރައީސް މައުމޫނު އާއިލީ ބޭފުޅުންނާއެކު...
0 ކޮމެންޓް
 

ހުކުމާ އެއްގޮތަށް މައުމޫނުގެ ހަތަރު ބޭފުޅުން ފައިސާ ދައްކަވައިފި

ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ (އާރުސީސީ) އަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ހަތަރު ބޭފުޅުންގެ މައްޗަށް ސިވިލް ކޯތުން ކޮށްފައިވާ ހުކުމާއިއެއްގޮތަށް އެ ފައިސާ މިއަދު ދައްކައިފިއެވެ. Dhiraagu
ރައީސް މައުމޫނުގެ ހަތަރު ބޭފުޅުން ކަމަށްވާ ފާރިސް މައުމޫނާއި، ދުންޔާ މައުމޫނާއި، ޔުމްނާ މައުމޫނު އަދި ގައްސާނު މައުމޫނުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ 2.1 މިލިއަން ރުފިޔާ އާރުސީސީއަށް ދެއްކުމަށެވެ. އާރުސީސީއަށް މި ފައިސާ ދެއްކުމަށް މި ހަތަރު ބޭފުޔޅުންގެ މައްޗަށް 2017 ވަނަ އަހަރު ހުކުމް ކޮށްފައި ވަނީ އެ ބޭފުޅުންގެ ނަންމަތީގައި އޮތް ގޯއްޗެއް އިމާރާތްކޮށްފައި ނުދައްކައި ހުރި ފައިސާ ކަމަށް ބުނެއެވެ.

ސިވިލް ކޯޓުންކޮށްފައިވާ މި ހުކުމް ހައިކޯތުގައި ވަނީ އިސްތިއުނާފުވެސް ކޮށްފައެވެ. އެހެން ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އެބޭފުޅުންގެ ފަރާތުން ވަކީލު ހާޒިރު ނުވުމުން އެ މައްސަލަ ވަނީ ކޯތުން ބޭރުކޮށްލާފައެވެ.

ރައީސް މައުމޫނުގެ އާއިލީ އަރިސް ބޭފުޅަކު ވިދާޅުވީ މިއަދު އެ ބޭފުޅުން އެ ފައިސާ ދެއްކެވީ އެފައިސާ ދައްކަންޖެހޭކަން ގަބޫލު ކުރެވޭތީ ނޫން ކަމަށެވެ. އެހެން ނަމަވެސް މި ވަގުތަށް އެންމެ މަސްލަހަތު ހުރި ގޮތަކީ އެއީ ކަމަށް ވާތީ ކަމަށެވެ.

ރައީސް މައުމޫނުގެ ދެ ބޭފުޅަކު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވައެވެ. ފާރިސް މައުމޫނު މައްޗަށްގޮޅި އުތުރަށް ކުރިމަތިލައްވާއިރު ގައްސާނު ކުރިމަތިލައްވަނީ ތ.ގުރައިދޫ ދާއިރާއަށެވެ. ގައްސާނާއެކު ރައީސް މައުމޫނު ތާއީދު ކުރައްވާ ކެންޑިޑޭޓެއްވެސް އެ ދާއިރާއަށް ކުރިމަތިލައެވެ.

މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުންގެ ޝަރުތުތަކުގެ ތެރޭގައި ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެފައިސާ ނުދައްކާ ނަމަ ކެންޑިޑެންސީ ބާތިލް ކުރެވެއެވެ. ނަމަވެސް މި މައްސަލައިގެ އިސްތިއުނާފުގެ މަރުހަލާތައް އަދި ނިމިފައި ނުވާތީ ގާނޫނީ ބޭފުޅުން ދެކިލައްވާ ގޮތުގައި ކުރިމަތިލެއްވޭނެއެވެ.
ހިޔާލު