Bodu hiyaanaathaa gulhey155 Account haama nukurumakee hageegathah vaasiluvumah oiy huraheh
image
އެމްއެމްޕީއާރުސީ--
0 ކޮމެންޓް
 

ބޮޑު ހިޔާނާތާ ގުޅޭ 155 އެކައުންޓް ހާމަނުކުރުމަކީ ހަގީގަތް ހޯދުމަށް އޮތް ހުރަހެއް: ޓްރާންސްޕޭރަންސީ

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ހަގީގަތާއި ހަމައަށް ވާސިލުވެވޭނީ ކޮރަޕްޝަނުގެ ފައިސާ ލިބުނު 155 އެކައުންޓުގެ ތަފްސީލް އާންމު ކުރުމުން ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނެފިއެވެ.
ޓްރާންސްޕޭރަންސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފައިސާގެ މުއާމަލާތްތަކުގެ މަންފާ ޖަމާކުރެވިފައިވާ 155 އެކައުންޓުގެ ތަފްސީލް އާންމު ކުރެވިފައިނުވުމަކީ އެ މައްސަލައިގެ ހަގީގަތާ ހަމަޔަށް ވާސިލްވެ، އެކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް އޮތް ބޮޑު ހުރަހެއް ކަމަށެވެ.

އަމިއްލަ ކުންފުންޏެއް މެދުވެރިކޮށް 1.4 ބިލިއަން ރުފިޔާ، ވަކިވަކި 155 އެކައުންޓަށް ޖަމާވެފައިވާ ކަމަށާއި އެމްއެމްޕީއާރްސީން ދޫކުރި ރަށްރަށާއި ފަޅުތަކުގެ އަގަށް 77.5 މިލިއަން ޑޮލަރު ދަށްކާފައިވީނަމަވެސް، އެފައިސާގެ ތެރެއިން އެމްއެމްޕީއާރްސީގެ އެކައުންޓަށް ވަދެފައިވަނީ އެންމެ 12.5 މިލިއަން ޑޮލަރުކަމު އޭސީސީން ބުނާއިރު އެކަމުގެ ތަފްސީލު ހާމަކުރުމަކީ މުހިއްމު ކަމެއް ކަމަށް ޓްރާސްޕޭރަންސީން ބުނެއެވެ.

އެ ޖަރީމާއަކީ ދައުލަތުގެ މުވައްސަސާތަކާއި މަޖިލީހުގެ މެމްބަރުންނާއި ބޭންކުތަކާއި އަމިއްލަ ވިޔަފާރިތަކާއި އެމްއެމްޕީއާރުސީގެ ބޯޑު މެމްބަރުންގެ ބައިވެރިވުމާއެކު ހިންގާފައިވާ ޖަރީމާއެއް ކަމަށް ޓްރާންސްޕޭރަންސީން ބުނެއެވެ.

ކޮރަޕްޝަން ހުއްޓުވާއި ހިޔާނާތަށް ނޫނެކޭ ބުނަން ބޭނުންނަމަ ބޮޑު ހިޔާނާތުގެ ފަހަތުގައި ތިބި އެންމެން ގާނޫނުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށް ވެސް ޓްރާންސްޕޭރަންސީގެ ބަޔާނުގައި ފާހަގަކުރެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ފުލުހުންނާއި އޭސީސީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި، "ކޮރަޕްޝަނުގެ މައްސަލަތައް ބަލާ" ކޮމިޝަނުން ވެސް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ހިޔާލު