Super Dancer ge set therein Ranveer rovvalaifi
image
ރަންވީރު ސިންގް---
0 ކޮމެންޓް
 

ސުޕަ ޑާންސާގެ ޝޯ ތެރެއިން ރަންވީރު ރޮއްވާލައިފި

"ސުޕަ ޑާންސާ ޗެޕްޓާ 3"ގެ ޝޯ ތެރެއިން ބޮލީވުޑުގެ ކާމިޔާބު އެކްޓަރު ރަންވީރު ސިންގް ރޮއްވާލައިފިއެވެ.
ސޮނީ އެންޓަޓެއިންމެންޓުން ދައްކާ އެޝޯގެ އެޕިސޯޓަކަށް ރަންވީރާއި އާލިއާ ބަޓް، އެދެމީހުންގެ ކުރިއަށް އޮތް ފިލްމު "ގަލީ ބޯއީ" ޕްރޮމޯޓުކުރުމަށް ގޮސްފައިވާއިރު ރަންވީރަށް ހާއްސަކޮށް ޝޯގެ ބައިވެރިއަކު ވަނީ ނެށުމެއް ހުށައަޅާފައެވެ.

"ސުޕަ ޑާންސާ ޗެޕްޓާ 3"ގެ ބައިވެރިއެއް ކަމަށްވާ ގޯރަވް ސަރްވަން އޭނާ "ސުޕަ ގުރޫ" ނަށަން ދަސްކޮށްދޭ އަމަރްދީޕް ސިންގް ނަޓް، ރަންވީރުގެ އެކްޓިން ކެރިއަރުގެ މިހާ ހަމައަށް އައިގޮތް ނެށުމުން ދައްކާފައިވާއިރު ރަންވީރަށް އެނެށުން ލިބިގެން ދިޔައީ ހައިރާން ކަމެކެވެ.

އެލަވައިގެ ވަކި ހިސާބަކުން ރަންވީރުގެ ލޮލުން ކަރުނަ އައިސްފައިވާއިރު ލަވަ ނިމުމުން އޭނާ ވަނީ ގޯރަވް އަދި އަމަރްދީޕްގެ ގައިގައި ބައްދާލާފައެވެ. ބޫނާނެ އެއްޗެއް ނޭނގިފަ ހުރި ރަންވީރު މޫނު މަތިން މީގެ ކުރިން ނުފެންނަ މަންޒަރެއް އެޝޯގެ ސުޓެޖުމަތިން ފެނިގެންދިޔައިރު ރަންވީރު ބުނީ އޭނާގެ ހަޔާތުގައި މީހަކު އޭނާއަށް ކޮށްދިން ކަންތައްތަކުގެ ތެރެއިން މިއީ އެންމެ އަސަރު ކުރި އެއް ކަންތައް ކަމަށެވެ.

އެވަގުތު ޝޯގެ ހުރިހާ ޖަޖުންނާއި އާއިލާ އަދި ބެލުންތެރިންގެ ލޮލުން ވެސް ކަރުނަ ވަނީ އައިސްފައެވެ.

"ގަލީ ބޯއީ"ގައި ރަންވީރު ފެނިގެންދަނީ ރެޕް ކުރަން ޝައުގުވެރިކަން ހުންނަ މީހެއްގެ ރޯލުންނެވެ. އަދި އަލިއާ ފެނިގެންދަނީ ރަންވީރާ ލޯބީގެ ގޮތުން ގުޅުގެން އުޅޭ މީހެއްގެ ރޯލުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި އާލިއާ އެފިލްމުގައި އެއީ ޑޮކްޓަރުކަން ކިޔަވާ ކުއްޖެކެވެ. އޭނާ އެފިލްމުގައި އޭނާ ހުންނާނީ ބުރުގާ އަޅާފައެވެ.

ރަންވީރާއި އާލިއާގެ އިތުރުން ފިލްމުގައި ކަލްކީ ކޮއެޗްލިން ވެސް މުހިންމު ރޯލަކުން ފެނިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ގަލީ ބޯއީގެ ޝޫޓިންތައް މިހާރު އެއްކޮށް ނިންމާލާފައިވާއިރު، އެފިލްމު ނެރުމަށް ނިންމާފައިވަނީ މިމަހު 14 ގައެވެ.

ރަންވީރު އެންމެ ފަހުން ފެނިގެންގޮސްފައި ވަނީ ރޯހިތު ޝެޓީ ޑައިރެކްޓުކޮށް މިދިޔަ ޑިސެމްބަރު މަހުގެ 28 ގައި ނެރުނު ފިލްމު، "ސިމްބާ" އިންނެވެ. ސާރާ އަލީ ހާންއާއެކު ރަންވީރު ފެނިގެންދިޔަ އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.
ހިޔާލު